ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި އިދާރާއަށް ބޭނުންވާ ފޮތްތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
https://forms.office.com/r/jqa821ff0Y ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް ،08 މެއި 2022 އާދީއްތަ ދުވަހުގެ 13:00 ގެ ކުރިންނެވެ.
އަދި ބީލަމާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ 08 މެއި 2022 އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމުން، 09 މެއި 2022 ވަނަ ދުވަހުގެ 23:59 ގެ ކުރިން މި އިދާރާގެ ފަރާތުން ބިޑު ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ. |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމާއި އިތުރަށް ސާފުކުރަން ބޭނުންވާ މަޢުލޫމާތެއް އޮތްނަމަ ސާފުކުރުމަށް ފޮނުވުން |
ތާރީޚާއި ގަޑި: 16 މެއި 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ. |
ބީލަން ހުށަހެޅުމާއި ހުޅުވަންވީ ތަނާއި ސުންގަޑި
|