ދިވެހިރާއްޖެ
ބައުވެ ހަލާކުވެފައިވާ ދެ ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކުން.
މި އިދާރާގައި ބައުވެ ހަލާކުވެފައި ހުރި 2 ޖަނަރޭޓަރ NTA-105 KVA ( 80 KW ގެ 1 ޖަނަރޭޓަރ އަދި 6-CT 80- KVA ( 60 KW ) ގެ ޖަނަރޭޓަރ ސިޓީލާ ނީލަމުގެ އުޞޫލުން ވިއްކަން ބޭނުންވެއެވެ. މި ނީލަން ފެށޭއަގަކީ 35,000/- ރުފިޔާ އެވެ. ނީލަމަށް ހުށަހަޅުއްވާ އިރު އޮންނަ އަގަށްވުރެ އެންމެ ކުޑަވެގެން 2,000/- ރުފިޔާ އިތުރުކުރައްވާ ހުށަހަޅުއްވަން ވާނެއެވެ. މިއާ ޚިލާފަށް ހުށަހަޅުއްވާ ހުށަހެޅުއްވުންތައް ބާޠިލް ކުރެވޭނެއެވެ.
މި ނީލަން ކުރިއަށްދާނީ 21 އޭޕްރީލް 2022 އިން ފެށިގެން 28 އޭޕްރީލް 2022 ވަނަ ދުވަހުގެ 13.00 ގެ ނިޔަލަށެވެ. އެހެންކަމުން މި މުއްދަތު ހަމަވާއިރު މި ނީލަމަށް އެންމެ މަތިން އަގު ހުށަހަޅާފައިވާ ފަރާތަކީ މި ނީލަން ކާމިޔާބު ކުރެއްވި ފަރާތްކަމުގައި ބަލާ ނީލަން ނިންމޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން އެ ހުށަހަޅުއްވާ ފަރާތެއްގެ ނަމުގައި ސިޓީއަކުން މި އިދާރާގެ އިންފޮރ މެއިލް [email protected] މި މެއިލްއަށް މެއިލް ކޮށްދެއްވުމަށް ދަންނަވަމެވެ. ނުވަތަ މި ސިޓީގެ ހާޑު ކޮޕީއެއް މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.
މި ނީލަމާ ބެހޭ އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ރަސްމީ ގައިޑީގައި މި އިދާރާގެ 6660714 ނަމްބަރ ފޯނާގުޅުއްވުން އެދެމެވެ.