ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެންޕޮލޮއިމަންޓްގެ ދަށުން ކައުންސިލް އެސިސްޓެންޓެއް ހޯދުން.

ވޭޖް އެންޕޮލޮއިމަންޓްގެ ދަށުން ކައުންސިލް އެސިސްޓެންޓެއް ހޯދުން.

               މިއިދާރާއިން ބަލަހައްޓަމުންގެންދާ މަސްޖިދުލް އީސާރި މިސްކިތައް ވޭޖު އެންޕްލޮއިމަންޓްގެ ދަށުން މިސްކިތު ޕޫލްގައި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރި ކައުންސިލް އެސިސްޓެންޓެއް ހޯދުމަށް ބޭއްނުންވެއްޖެއެވެ.

މަޤާމް: ކައުންސިލް އެސިސްޓެންޓް (މަސައްކަތު)

ބޭނުންވާ ޢަދަދު: 1 (އެކެއް)

މުއްދަތު: 1 އަހަރު ދުވަސް

މުސާރަ: ޝަރުތު ހަމަވާ މަސައްކަތު މީހުން ނަން ގަޑިއަކަށް -/45ރުފިޔާ

ޔުނިޓް: މުނިސިޕަލް ސާރވިސް

 

މަޤާމްގެ ޝަރުތު: 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއި އެކު
  2. ގްރޭޑް 5 ނިންމާފައިވުން ނުވަތަ ލިޔަންކިޔަން ދަންނަ މީހަކު ކަމުގައިވުން.
  3. ޢުރުން 65 އަހަރު ވެފައިވާ މީހަކު ކަމުގައިނުވުން. 
  4. ޖިސްމާނީ/ނަފްސާނީ ގޮތުން ފުރިހަމަ ޞިއްޙަތެއްގައިވާ މީހަކު ކަމުގައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓް ކުރިން މިސްކިތައް ޙާޟިރުވެ މިސްކިތާއި ފާޚާނާއާއި އިސްކޫރުބަރި ސަރަޙައްދު ސާފުކުރުން.
  2. ކޮންމެ ދުވަހަކު ހެނދުނު މިސްކިތް އެތެރެއާއި ގޯތިތެރެއާއި ގޯތިބޭރު މަގުތައް ކުނިކަހާ ސާފުކުރުން.
  3. ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓް ކުރިން މިސްކިތުގެ ލައިޓްތައް ދިއްލުމާއި ފަންކާތައް ޖެއްސުން.
  4. ކޮންމެ ނަމާދެއްގެ 15 މިނެޓް ފަހުން މިސްކިތުގެ ލައިޓްތަކާއި ފަންކާތައް ނިއްވައި ދޮރުތައް ލެއްޕުން.
  5. މިސްކިތުގެ މަގުފާރުތަކާއި ވޯރކްވޭބައިވެސް ދޮވެ ސާފުކުރުން.
  6. މިސްކިތުގެ ފުރާޅު އަދި ދިޔަދޮވިތައް ހަޑިވިޔަ ނުދީ މަހަކު 1 ފަހަރު ސާފުކުރުން.
  7. މިސްކިތުގެ ބަގީޗާ ބަލަހައްޓައި ކޮންމެ ދުވަހަކު 2 ފަހަރު ފެންދިނުމާއި ބަގީޗާ އާލާކުރުން.
  8. ކަށުކަމާއި ކެމީގެ ކަންކަން ނިމެންދެން އެހީތެރިކަން ފޯރުކޮށްދިނުން.
  9. މިސްކިތުގައި ކުރަން ހުންނަ ކުދިކުދި މަރާމާތުގެ މަސައްކަތްކުރުން.

 

ހުށައަޅަންޖެހޭ ލިޔެކިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީ
  5. ލިބިފައިވާ ކުރު މުއްދަތުގެ ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ
  6. ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

 

ނޯޓް:

# ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މުއްދަތު، ވަޒީފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮޔާއި އޮފީހިގެ ތައްގަނޑު އޮންނަންވާނެއެވެ.

# އިންޓަވިއުއަށް ޙާޒިރުވާންވާނީ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ހިފައިގެންނެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

# މިމަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 1 މޭ 2022 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް ވ.ފުލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާ ފަރާތްތަކުން [email protected]  މެދުވެރިކޮށް ފޯމް ހުށަހެޅިދާނެއެވެ. އަދި އީމެއިލް މިއިދާރާއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމް ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.

# އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަނދުދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

# ވަޒީފާއަށް އެދޭ ފޯމް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 09:00 އިން 13:00 އަށް ފެލިދެ އަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

ފޯމް ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށހަޅާ ފޯމްތަކާއި، މަޢުލޫމާތު ސައްޚަނޫން ފޯމްތައް ބާޠިލުކުރެވޭނެއެވެ.

# އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރ 9393603/6706536 ފޯނާއި ރަސްމީގަޑީގައި ގުޅުއްވުންއެދެމެވެ.

              ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި  އިއުލާނުކުރީމެވެ.

21 އޭޕްރިލް 2022
ހޯދާ