ދިވެހިރާއްޖެ
މިއޮތޯރިޓީން ހިންގަމުންގެންދާ ށ. ގޮއިދޫ ބަނދަރު ބައްތިޖެހުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދުމަށް ކުރި އިޢުލާން IUL)221-PP/221/2014/36) އާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، ށ. ގޮއިދޫގައި ބަނދަރު ބައްތިޖެހުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
16 ޛުލްޤަޢިދާ 1435