މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯހިމެނުން 2022 ގެ މަސައްކަތުގައި ހަރަކާތްތެރިވާނެ މީހުން ހޯދުމާއި ގުޅޭ

އިޢުލާން

 

ބޯހިމެނުން 2022 ގެ މަސައްކަތުގައި ހަރަކާތްތެރިވާނެ މީހުން ހޯދުމާއި ގުޅޭ

ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭތަންތަނުގެ ބޯހިމެނުން އަދި އިޤްތިސާދީ މަސައްކަތުގެ ބޯހިމެނުން، މިއަހަރުގެ ސެޕްޓެމްބަރ 17 ން 25 އަށް މުޅިރާއްޖޭގައި ބޭއްވުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައްވަނީ ފެށިފައެވެ. އަދި މިހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުލުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. ބޯހިމެނުމުގެ ޙަރަކާތުގައި ބައިވެރިވާން އެދޭފަރާތްތަކުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ވެބްސައިޓް މެދުވެރިކޮށް ތިރީގައިވާ ލިންކްގައިވާ ފޯމް ފުރިހަމަ ކުރުމަށް ދަންނަވަމެވެ. ފޯމް ފުރިހަމަ ކުރެވޭނެ އެންމެ ފަހު ތާރީޚަކީ 31 މެއި 2022 ވާ އަންގާރަ ދުވަހެވެ.

https://statisticsmaldives.gov.mv/applicationform/census2022

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮންލައިންކޮށް އެޕްލިކޭޝަން ފުރިހަމަ ކުރުމަށް ދަންނަވަމެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ނަންބަރު 3008462 ނުވަތަ މިކައުންސިލްގެ ނަންބަރު 4009834 ފޯނާއި ގުޅުން އެދެމެވެ.

  ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

       11 ރަމަޟާން 1443                        

12 އޭޕްރިލް 2022
ހޯދާ