މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކައްކައި ކާންދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

ޕްރޮޖެކްޓް ނަންބަރު:TEB/2014/123

 ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

1. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭނުމަށް، ލ.ފޮނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ މުވައްޒަފުންނާއި ކުށުގެ ތުހުމަތުގައި ގެނެވޭ މީހުންނަށް ކައްކައި ކާންދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން 17 ޖުލައި 2014ގައި ކުރެވުނު ނަންބަރު: IUL)13-K/13/2014/254) އިޢުލާނާ ގުޅިގެން ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ފާސްވެފައި ނުވާތީ، އެބީލަންތައް ބާޠިލުކޮށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައި ނުވަތަ ލ.ފޮނަދޫ ޕޮލިސް ސްޓޭޝަންގައި 18 ސެޕްޓެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 14:30 ކުރިން ނަން ނޯޓް ކުރެއްވުން އެދެމެވެ.

3. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 21 ސެޕްޓެންބަރު 2014ވާ އާދީއްތަ ދުވަހުގެ 13:00ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވަލުއޭޝަން ސެކްޝަންގައާއި އަދި ލ.ފޮނަދޫ ޕޮލިސް ސްޓޭޝަންގައެވެ. ބިޑް ހުޅުވުން އޮންނާނީ 25 ސެޕްޓެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައާއި އަދި ލ.ފޮނަދޫ ޕޮލިސް ސްޓޭޝަންގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

4. މި ޕްރޮޖެކްޓްގެ ބީލަންފޮތް މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.  

5. މިޕްރޮޖެކްޓް ކާމިޔާބުކުރާ ފަރާތުން ކައްކައި ކާންދިނުމުގެ ކަންތައްތައް އިންތިޒާމު ކުރަންޖެހޭނީ ލ.ފޮނަދޫގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

6. ކައްކައި ކާންދިނުމުގެ އެއްވެސް ޕްރޮޖެކްޓެއްގައި އެއްވެސް ސަބަބަކާހުރެ އެގްރީމަންޓް ބާޠިލު ކުރެވިއްޖެނަމަ، އެ އެގްރީމަންޓް ބާޠިލުކުރެވުނު ތާރީޚުން ފެށިގެން 1އަހަރު ދުވަސް ވަންދެން އެކްސްޕީރިއެންސްއަށް މާކްހެއް ނުދެވޭނެއެވެ.

7. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް މާކްސް ދެވޭގޮތް:

  • މާލީ ތަނަވަސްކަން (ދެވޭ ޖުމްލަ މާކްސް 30، ފާސްވާ މާކްސް 15)
  • ތަޖުރިބާ (ދެވޭ މާކްސް 20، ފާސްވާ މާކްސް 10)
  • ޓެކްނިކަލް (ދެވޭ މާކްސް 5)
  • މެނޫތަކަށް ހުށަހަޅާ އަގު (ދެވޭ މާކްސް 45)

7. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްކަށް މާކްސް ދެވޭ ގޮތުގެ އިތުރު ތަފުސީލު މިމިނިސްޓްރީގެ ޢާންމު އިޢުލާން ނަންބަރު IUL)13-K/13/2013/227)ފ(24 އޮކްޓޫބަރު 2013)ގައި ވާނެއެވެ.

09 ސެޕްޓެންބަރު 2014
ހޯދާ