ދިވެހިރާއްޖެ
ހއ. ކެލާގައި ޕިކްނިކް ދާނެ ސަރަހައްދެއް ތަރަށްޤީ ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ.
ހއ.ކެލާ ޕިކްނިކް ދާނެ ސަރަހައްދެއް ތަރަށްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ: (IUL)WDC/2021/2 އިޢުލާނާއި ގުޅިގެން އެކަށީގެން ވާވަރަށް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އެ އިޢުލާން ބާޠިލްކޮ އަލުން އިޢުލާން ކުރަމެވެ.
ހއ. ކެލާ ތުނޑީގައި ޕިކްނިކް ދާނެ ސަރަހައްދެއް، ހއ. ކެލާ އަންހެނުންގެ ތަރަށްގީއަށް މަސައްކަތްކުރާ ކޮމިޓީންދޭ މައުލޫމާތާއި އެއްގޮތަށް ތަރަށްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 
  | 
 ތާރީޚް  | 
 ދުވަސް  | 
 ވަގުތު  | 
| 
 މައުލޫމާތު ސާފުކުރުން  | 
 08 މެއި 2022  | 
 އާދީއްތަ  | 
 13:00  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 15 މެއި 2022  | 
 އާދީއްތަ  | 
 13:00  | 
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 އޭޕްރިލް 2022 އިން 05 މެއި 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:30 އިން 12:30 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
21 އޭޕްރިލް 2022
