މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމު:  އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

ރޭންކް: އެމް.އެސް 1

ކްލެސިފިކޭޝަން:   ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/އިދާރާ: ނ. ވެލިދޫ ކައުންސިލުގެ އިދާރާ 

ޔުނިޓް:     އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

ވަޒީފާއަދާ ކުރަންޖެހޭތަން: ނ. ވެލިދޫ ކައުންސިލުގެ އިދާރާ                                          

މުސާރަ:     -/5،610 ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

ބޭނުންވާ އަދަދު:    1

މަޤާމުގެ ޝަރުޠުތައް:  

1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ރަށު ކައުންސިލުން ނަގާ ލޯނުތަކުގެ ހިސާބުތައް ބެލެހެއްޓުން.
  2. ރަށުފެންވަރުގައި ރަށު ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދީ، އެކިފަރާތްތަކާ ވިޔަފާރީގެ މުޢާމަލާތުތައް ހިންގުން.
  3. ރަށުގައި ދެވޭ ޔުޓިލިޓީސްގެ ޚިދުމަތްތަކުގެ ރެކޯޑް ބެލެހެއްޓުން.
  4. ރައްޔިތުންގެ ބޭސްފިހާރަ (ދޯދާރި) ހިންގުން. (ބޭސް ގެނައުމާއި އެންމެހައި ހިސާބުތައް ބެލެހެއްޓުން)
  5. ރަށުގެ ތަރައްޤީއަށް ހިންގޭ ޕްރޮގްރާމްތައް ހިންގާނެ ފަރާތްތައް ހޯދައި، އެފަރާތްތަކާއެކު އެގްރިމެންޓްތައްހެދުން.
  6. ކައުންސިލުގެ ނަމުގައި ބިންބިމާއި، ފަރާއި، ފަޅުހޯދުމާއި، މިފަދަތަންތަން އެހެންފަރާތްތަކަށް ކުއްޔަށްދޫކުރުމާއި، އިންވެސްޓްކުރުމާއި،  މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކްކުރުމުގެ އެންމެހައި މަސައްކަތްކުރުން.
  7. ކައުންސިލުގެ ބެލުމުގެދަށުގައި ހުންނަ އުފުލޭ އަދި ނުއުފުލޭ މުދާ ޤަވާޢިދުތަކުގައިވާގޮތުގެމަތީން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުން.
  8. ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާގޮތުގެމަތީން ރަށުގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެހެނިހެން ސިނާޢަތްތައް ކުރިއެރުވުމަށް މަސައްކަތްކުރުން.
  9. ކައުންސިލުގެ ބިޒްނަސްޕްލޭން އެކުލަވައިލުމުގެ މަސައްކަތްކުރުން.
  10. ކައުންސިލު ގެބެލުމުގެ ދަށުގައި ހުންނަ ފަޅުރަށްރަށާއި، ފަރުފަރާއި، ފަޅުފަޅާބެހޭ ކަންކަމާއި، އެތަންތާނގެ ރަޖިސްޓްރީ ބެލެހެއްޓުން.
  11. ރަށުކައުންސިލުގެ ނަމުގައި ހުންނަ ފަޅުރަށްރަށާއި، ވެހިކަލްތަކާއި، ބިންބިމާއި، ޢިމާރާތްތަކާއި، އެފަދަ ތަންތަނާއި ތަކެތި ބޭނުންކުރުމާއި، އެފަދަ ތަންތަނާއި ތަކެތީގެ އަހަރީފީ ދެއްކުމާއި، ކުއްޔަށް ދޫކުރުމާ ބެހޭގޮތުން ހިންގަންޖެހޭ އެންމެހައި މުޢާމަލާތު ހިންގުން.
  12. ރަށުގައިހުރި އޮޑިދޯނިފަހަރާއި، ވެހިކަލާއި، ވިޔަފާރި ކުންފުނިތަކާއި، ޖަމްޢިއްޔާތަކުގެ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.
  13. ނ. ވެލިދޫ ކައުންސިލްގެ އިދާރާއާއި އެ އިދާރާގެ ދަށުގައިހުރި އެންމެހައި ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމާބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  14. ކައުންސިލުގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން. މުސާރަ ހަވާލުކުރުމުގައި ޚަރަދުކުރުމަށް ނެގޭ ފައިސާގެ ލިޔެކިޔުންތައް ޤަވާޢިދާއެއްގޮތަށް ބެލެހެއްޓުމާއި، ފައިސާ ހަވާލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

- އިކޮނޮމިކްގެ ދާއިރާއިން/ ލިބިފައިވާ ހުނަރު/ތަޖުރިބާ

- ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މިންވަރު

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން

އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2014 ސެޕްޓެންބަރުމަހުގެ ފަހުކޮޅުގެ ތާރީޚެއްގައި ވެލިދޫކައުންސިލުގެ އިދާރާގައެވެ.

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2014 ސެޕްޓެންބަރު  17 ވާ ބުދަދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

 އުޖޫރައާއި އިނާޔަތްތައް:

 ކައުންސިލް އިދާރާއިން ހަމަޖައްސާފައި އޮންނަ އުސޫލާ އެއްގޮތްވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ސިވިލް ސަރވިސް ކޮމިޝަނުން  ކަނޑައަޅާފައިވާ އެލަވެންސާއި ޢިނާޔަތް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mvއިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށްމޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

އިތުރު މަޢުލޫމާތު:

              އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލްކުރާނީ [email protected] އަށެވެ.

 

 

                   

12 ޛުލްޤަޢިދާ 1435  

07 ސެޕްޓެންބަރު 2014
ހޯދާ