ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޔުނީފޯމް ފަހާދީ ވިއްކާނެ ފަރާތެއް ހޯދުން
މިސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ ޔުނީފޯމް ފަހާދީ އަދި ފަހަންބޭނުންވާ މެޓީރިއަލްސް ވިއްކުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލާ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 20 އޭޕްރިލް 2022 ން 27 އޭޕްރިލް 2022 ބަންދުނޫން ކޮންމެ ދުވަހަކު 12:00 އަށް މިސްކޫލަށް ވަޑައިގެން/ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 27 އޭޕްރިލް 2022 ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 28 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 19 މެއި 2022 ބުރާސްފަތި ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ވޭމަންޑޫ ސްކޫލް
ތ ވޭމަންޑޫ ، ދިވެހިރާއްޖެ
ފޯން: 6780564 / 7717564
އީ-މެއިލް: [email protected]
20 އޭޕްރިލް 2022
20 އޭޕްރިލް 2022
ހޯދާ