ދިވެހިރާއްޖެ
އިޢުލާން
ހއ.ކެލާ ބަނދަރު ހުޅަނގުކޮޅުން ތެލުގެ ވިޔަފާރިއަށް ބިން ދޫކުރުމާއި ގުޅޭ.
މިރަށު ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރިއަށް 25 އަހަރުދުވަހުގެ މުއްދަތަށް 02 ބިން ކުއްޔަށް ދިނުމަށް ކެލާ ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީހްގައި މައުލޫމާތުސާފުކުރުމަށް ފަހު ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
| 
 
  | 
 ތާރީޚް  | 
 ދުވަސް  | 
 ވަގުތު  | 
| 
 މައުލޫމާތު ސާފުކުރުން  | 
 28 އޭޕްރިލް 2022  | 
 ބުރާސްފަތި  | 
 13:00  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 09 މެއި 2022  | 
 ހޯމަ  | 
 13:00  | 
ބިމުގެ މައުލޫމާތު
| 
 ބިން އޮތް ސަރަހައްދު  | 
 ބިމުގެ ބާވަތް  | 
 ބިމުގެ ބޮޑުމިން  | 
 ދޫކުރެވޭ އެންމެ ކުޑަކުލި  | 
| 
 ކެލާ ބަނދަރު ހޮޅަނގުން  | 
 ތެޔޮވިއްކުމަށް  | 
 1500 އަކަފޫޓް  | 
 އަކަފޫޓަކަށް 01 ރުފިޔާ  | 
މާކްސް ދެވޭނެ ބައިތައް
| 
 މާކްސް ދެވޭނެ ކްރައިޓީރިއާ  | 
 މާކްސް ދެވޭގޮތް  | 
 ތަފުސީލު  | 
| 
 ހުށަހަޅާ މަހުކުއްޔަށް  | 
 90%  | 
 މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކުސް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.  | 
| 
 ހުށަހަޅާ ތަޖުރިބާ  | 
 10%  | 
 މިމާކްސްދެވޭނީ ތެލުގެވިޔަފާރިކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތްތަކުން ހުށައަޅާ ލިޔުމަށެވެ. ހުށައަޅާނީ ގިނަވެގެން 2 ލިޔުމެވެ. ލިޔުމަކަށްދެވޭނީ %5 އެވެ.  | 
މަޢުލޫމާތު ސާފުކުރުމާއި ޕްރޮޕޯޒަލް ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޭޕްރިލް 2022 އިން 28 އޭޕްރިލް 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން ރަޖިސްޓްރީ ކުރެވޭނެއެވެ.އަދި އޮންލައިންކޮށް ކައުންސިލްގެ މެއިލް އެޑްރެސް: [email protected] އަދި ކައުންސިލްގެ ވައިބަރ ނަންބަރ: 9650027 އަށް މެއިލް އަދި ވައިބަރ މެދުވެރިކޮށް ( ވިޔަފާރީގެ ނަން ، ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް އަދި ހުށަހަޅާ ފަރާތުގެ ނަމާއިއެކު ) ރަޖިސްޓްރީވުމަށް ފޮނުވައިގެން ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
19 އޭޕްރިލް 2022
