ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި ދުއްވާ ކަނޑު އުޅަނދުފަހަރުގެ ދަފުތަރެއް އެކުލަވާލުމާއި ގުޅޭ

    މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބޭނުމަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ދުއްވާ ކަނޑު އުޅަނދު ފަހަރުގެ ދަފުތަރެއް އެކުލަވައިލުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން  އަންގަވާފައިވާތީ، އިހަވަންދޫގައި ކަނޑު އުޅަނދު ދުއްވާ ފަރާތްތަކުން، 26 އެޕްރީލު 2022 ގެ ކުރިން ތިރީގައި މި ދަންނަވާ މައުލޫމާތުތައް ކައުންސިލާއި ހިއްސާކުރެއްވުމަށް ދަންނަވަމެވެ.

  1. އުޅަނދުގެ ވެރިފަރާތުގެ ނަން:
  2. އުޅަނދުގެ ވެރިފަރާތުގެ އައިޑީކާޑް ނަންބަރު:
  3. އުޅަނދުގެ ވެރިފަރާތުގެ ދާއިމީ އެޑްރެސް:
  4. އުޅަނދުގެ ރަޖިސްޓަރީ ނަންބަރު:
  5. އުޅަނދުގެ ވެރިފަރާތާއި ގުޅޭނެ މޮބައިލް ނަންބަރ:

    އޮންލައިންކޮށް މައުލޫމާތު ހިއްސާކުރުމަށް https://forms.gle/fR9phBkUqSgT6nUR8 މި ލިންކު ބޭނުންކުރައްވާ. ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ކައުންސިލް އިދާރާގެ ހޮޓްލައިން ނަންބަރ 6500013 އަށް ގުޅުއްވައިގެންވެސް މައުލޫމާތު ހިއްސާކުރެވޭނެ އިންތިމަޒާމްވަނީ ހަމަޖެހިފައެވެ.

    ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

20 އޭޕްރިލް 2022
ހޯދާ