މުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ސްޓާފްރޫމްގައި ޓީޗަރސް ކެބިން ހެދައިދޭނެ ފަރާތެއް ހޯދުމަށް

ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ސްކޫލް                 

މުރައިދޫ، ދިވެހިރާއްޖެ

(IUL)GS83/2022/07  ނަންބަރު

އިޢުލާން 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1        މިސްކޫލުން ދޭ މައުލޫމާތާއި އެއްގޮތަށް ސްޓާފްރޫމުގައި ޓީޗަރސް ކެބިން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މި މަސައްކަތް ކުރެއްވުމަށް އެދި ހުށަހެޅުއްވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

2        މިބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 20 އެޕްރީލް 2022 އިން 24 އެޕްރީލް 2022 ގެ ނިޔަލަށް މުރައިދޫ ސްކޫލް އޮފީހަށް ދުރުވެ ނަން ނޯޓް ކުރުމަށް ދަންނަވަމެވެ.

3        މިމަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 25 އެޕްރީލް 2022 ވަނަ ދުވަހު 11:00 ގައި މުރައިދޫ ސްކޫލުގައެވެ.

4        މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

5        މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަށް ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބީލަށް ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.

6        ބިޑް ހުޅުވުން އޮންނާނީ 28 އެޕްރީލް 2022 ވަނަދުވަހު 11:00 ގައި މުރައިދޫ ސްކޫލުގައެވެ.

7        އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބޭނެއެވެ.

ހއ މުރައިދޫ ސްކޫލް

މުރައިދޫ، ދިވެހިރާއްޖެ

ފޯން:  6500537

އީ-މެއިލް: [email protected]

20 އެޕްރީލް 2022

20 އޭޕްރިލް 2022
ހޯދާ