ދިވެހިރާއްޖެ
އިޢުލާން
ގއ.ދެއްވަދޫ ކައުންސިލްގެ އިދާރާގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލުން
ގއ.ދެއްވަދޫ ކައުންސިލްގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ 411-B/IUL/2022/16 (05 އެޕްރީލް 2022) އިޢުލާނާއި ގުޅިގެން އެންމެ ފަރާތަކުން ލޯގޯ ހުށަހަޅާފައިވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތަށް ލޯގޯ ފަރުމާކުރައްވައި 25 އެޕްރީލް 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 11.00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 ރަމަޟާން 1443
18 އެޕްރީލް 2022