ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ހުކުރު ނަމާދު، ޢީދު ނަމާދު އަދި ކޭތަ ނަމާދު ކުރަން ބޭނުންވާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާގުޅޭ

 

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ

އުލިގަން، ދިވެހިރާއްޖެ

 

                                                   ނަންބަރ : 245/245/2022/17(IUL)   

އިޢުލާން

އިމާމުވެ ހުކުރު ނަމާދު، ޢީދު ނަމާދު އަދި ކޭތަ ނަމާދު ކުރަން ބޭނުންވާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާގުޅޭ

 

       މިރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި އިމާމުވެ ހުކުރު ނަމާދު، ޢީދު ނަމާދު އަދި ކޭތަ ނަމާދު ކުރަން ބޭނުންވާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް މިކައުންސިލްގެ ފަރާތުން މިދަނީ ކުރަމުންނެވެ. 

      ވީމާ ޖަމާއަތުގައި އިމާމުވެ ހުކުރު ނަމާދު، ޢީދު ނަމާދު އަދި ކޭތަ ނަމާދު ކުރައްވަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ސިޓީ އަކުން 28 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއާއި އެކު ހުށަހަޅުއްވަން ޖެހޭ ލިޔުންތަށް ތިރީގައި ދެންނެވިފައި އެވަނީއެވެ.

 

1-      އިމާމުވެ ހުކުރު ނަމާދު، ޢީދު ނަމާދު އަދި ކޭތަ ނަމާދު ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރައްވާފައިވާ ހުކުރު ކުރުމުގެ ހުއްދައާއި ސަނަދު ނުވަތަ ސެޓްފިކެޓްގެ ކޮޕީ.

2-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.      

 

         ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

18 ރަމަޟާން 1443

19 އޭޕްރީލް 2022

19 އޭޕްރިލް 2022
ހޯދާ