އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ސީ-ޒޯން ލައިސަންސްއާ ގުޅޭ

މިއިދާރާއިން ކުރިއަށްގެންދާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ   ސީ-ޒޯން ލައިސަންސް ފޮތް ދޫކުރުމަށް ބޭނުންވާ ތިއަރީ އަދި ޕްރެކްޓިކަލް ޓެސްޓް 21 އެޕްރީލް 2022އިން ފެށިގެން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

       ސީ-ޒޯން ލައިސަންސް ބުރުގައި އަލަށް ސީ-ޒޯން ލައިސަންސް ނެގުމަށް ބޭނުންވާ އަދި ކުރިން ސީ-ޒޯން ލައިސަންސް ނަގާފައިވާ މުއްދަތު ހަމަވެ އައު ކުރުމަށް ބޭނުންވާ ފަރާތްތަކުން މި އިދާރާއަށް ފޯމް ހުށަހަޅަމުންގެންވުން އެދެމެވެ.

މިއިދާރާއިން ސީ-ޒޯން ލައިސަންސް ފޮތް ދޫކުރުމަށް ހުއްދަ ލިބިފައިވާ ކެޓަގަރީތަކަކީ   A0,A1,B1,C3,C4,C1,C2 އެވެ.

އެއްގަމުގައި ދުއްވާ އުޅަނދުފަހަރު  ދުއްވުމުގެ ލައިސަންސްއަށް އެދޭ ފަރާތްތަކުން ފީ ނެގޭނެ ގޮތުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

  • ތިޔަރީ ޓެސްޓުގައި ބައިވެރިވުމަށް -/100ރ (ސަތޭކަ ރުފިޔާ) (އިށީންނަ ކޮންމެ ފަހަރަކު)
  • ޑްރައިވިންގ ޓެސްޓުގައި ބައިވެރިވުމަށް -/100ރ (ސަތޭކަ ރުފިޔާ) (ދުއްވާ ކޮންމެ ފަހަރަކު)
  • ލައިސަންސް ފޮތުގެ އަގު -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ)
  • ޚިދުމަތުގެ އަގު -/50ރ (ފަންސާސް ރުފިޔާ)

އެއްގަމުގައި ދުއްވާ އުޅަނދުފަހަރު  ދުއްވުމުގެ ލައިސަންސްގެ މުއްދަތު ހަމަވުމުން ނުވަތަ ގެއްލިގެން ނުވަތަ ހަލާކުވެގެން އައުކުރުމަށް އެދޭ ފަރާތްތަކުން ފީ ނެގޭނެ ގޮތުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

  • ލައިސަންސް ފޮތުގެ އަގު -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ)

 

       ސީ-ޒޯން ލައިސަންސް ހައްދަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ރަސްމީ ގަޑީގައި ޓްރާންސްޕޯޓް އޮތޯރިޓީގެ LL-1 ފޯމު އަދި އެއާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަކުރުމަށްފަހު އދ. ފެންފުށީ ކައުންސިލަށް ހުށައަޅުއްވަމުން ގެންދެވުން އެދެމެވެ. އަދި ފޯމާއި އެކު ލައިސަންސް ހެއްދުމަށް ބޭނުންވާ ފީ ދެއްކެވުމަށް ހަނދުމަކޮށް އަރުވަމެވެ.  މިއިއުލާނާއި އެކު އެއްގަމު ލައިސަންސް ދޫކުރުމުގެ އުސޫލް އެއްކަރުދާސްކުރެވިފައިވާނެއެވެ.

      ވީމާ، މިކަން އާއްމުކޮށް އަނގާ އިއުލާން ކުރީމެވެ.

19 އޭޕްރިލް 2022
ހޯދާ