ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމާއި ކަނޑުއުޅަނދު ފަހަރުގެ ދަފްތަރު އެކުލަވާލުމާގުޅޭ

އިޢްލާން

އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމާގުޅޭ

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 8 ވަނަ އިސްލާހާ ގުޅިގެން، ކައުންސިލްތަކަށް  ބަދަލުކުރަންޖެހޭ  ފީތައް  ބަދަލުކުރުމުގެ  މަސައްކަތުގެ  ތެރެއިން، އެއްގަމާއި ކަނޑުގައި ދުއްވާ  އުޅަނދު ފަހަރުގެ އަހަރީފީ، އެ އުޅަދެއް ރަޖިސްޓްރީ ކޮށްފައިވާ ރަށް ނުވަތަ  ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާތީވެ، މިރަށުގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމަށް ބޭނުންވެއެވެ.

ވީމާ، 2022 އޭޕްރިލް 25 ވާ ހޯމަ ދުވަހުގެ  ނިޔަލަށް، އެއްގަމާއި ކަނޑުގައި  ދުއްވާ އުޅަނދުފަހަރު  ގެންގުޅުއްވާ ފަރާތްތަކުން، ވެހިކަލް/ވެސަލްގެ  ރަޖިސްޓްރީގެ ކޮޕީ، އައި.ޑީ ކާޑުގެ ކޮޕީ، ވެރިފަރާތުގެ  އެޑްރެސް  އަދި ގުޅޭނެ  ނަންބަރު، މިކައުންސިލްއާއި ހިއްޞާކޮށްދެއްވުން އެދެމެވެ.  އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ދަފްތަރު ރަޖިސްޓްރީކުރާ ފޯމް ކައުންސިލް އިދާރާ އިން ލިބެންހުންނާނެއެވެ. އަދި ތިރީގައިވާ ލިންކް  މެދުވެރިކޮށް  ވެސް ރަޖިސްޓްރީ  ކުރެވޭނެވާހާކަ ދަންނަވަމެވެ. އަދި ކުރިޔަށް  އޮތްތަނުގައިވެސް  އެއްގަމު ނުވަތަ  ކަނޑުގެ  އުޅަނދެއް  ރަށަށްގެނެސްފިނަމަ  ދަފްތަތުގައި  ރަޖިސްޓްރީކުރުމަށް ދަންނަވަމެވެ.

ލިންކް:  https://docs.google.com/forms/d/1Hyl-cayTmUDzhaFqSatnMQE9jzqfZjsJB-LmKXBw8g8/edit?usp=sharing_eip_se_dm&ts=625e6065

އަދި މީގެފަހުން އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ދަފްތަރުގައި ރަޖިސްޓްރީ ނުކުރާ އުޅަނދުތަކަށް މިކައުންސިލުން އުޅަނދު ފަހަރަށް ދޫކުރާ ލިޔުން ދޫނުކުރާނެވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 އޭޕްރިލް 2022
ހޯދާ