ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ސަރވޭ އޮފިޝަލް - ވޭޖް އެމްޕްލޯއިމަންޓް)

އިޢުލާން

ސަރވޭ އޮފިޝަލުން ހޯދުމަށް މިކައުންސިލުން ކުރެވުނު ނަންބަރ (IUL)417-ESMS/417/2022/34 އިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މަޤާމު

ސަރވޭ އޮފިޝަލް

ބޭނުންވާ ޢަދަދު

05 (ފަހެއް)

މަޤާމުގެ ބާވަތް

ވޭޖް އެމްޕްލޯއިމަންޓް

 

(މި މަޤާމަކީ ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން 01 އަހަރުދުވަހުގެ މުއްދަތަށް ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. މިއީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

ވަޒީފާ އަދާކުރަން ޖެހޭ ތަން

ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ

މަހު މުސާރަ / އުޖޫރަ

މަސައްކަތު ނިކުންނަ ކޮންމެ ގަޑިއިރަކަށް 33.65ރ (ތިރީސް ތިން ރުފިޔާ ފަސްދޮޅަސް ފަސްލާރި)

ކޮންޓްރެކްޓް ކުރެވޭ މުއްދަތު

މީލާދީ 01 (އެކެއް) އަހަރުދުވަސް (މަސައްކަތަށް ރަނގަޅު ނަމަ މުއްދަތު އިތުރުކުރެވޭގޮތަށް)

މަޤާމުގެ ޝަރުތުތައް

ގްރޭޑް 7 ނިންމާފައިވުން.

ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 - 3 އާދެމެދުގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ރަށުގެ ހާލަތު ދެނެގަތުމަށްޓަކައި ބޭނުންވާ ތަފާސްހިސާބު އެއްކުރުމަށްޓަކައި ކުރެވޭ ސަރވޭތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  2. އެއްކުރެވޭ މަޢުލޫމާތު ދުވަހުން ދުވަހަށް ކައުންސިލް އިދާރާގެ ކަމާއިބެހޭ މުވައްޒަފާއި ޙަވާލުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ އަދި ތަމްރީން ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 އޭޕްރިލް 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މިއިދާރާ (ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ.   އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މި މަޤާމަށް މީހުން ނެގުމުގައި ޕޮއިންޓް ދެވޭނީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް ހިމެނޭ 2 ވަނަ އިސްލާޙުގައި އެސް.އެސް 1 – އެސް.އެސް 3 އާއި ދެމެދުގެ ކްރައިޓީރިއާ އަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެމަތިންނެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840015 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

19 އޭޕްރިލް 2022
ހޯދާ