ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ސޮފްޓްވެއަރ ޑިވެލޮޕަރ (ވަގުތީ)

މި އޮތޯރިޓީއަށް ތިރީގައި މިދަންނަވާ މަޤާމަށް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް މުވައްޒަފަކު ބޭނުންވެއެވެ. 

މަޤާމް:

އެސިސްޓެންޓް ސޮފްޓްވެއަރ ޑިވެލޮޕަރ (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު:

01

ބޭނުންވާ މުއްދަތު:

ވަޒީފާއަށް ނެގޭ ތާރީހުން ފެށިގެން 01 (އެކެއް) އަހަރުގެ މުއްދަތަށް

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް:

MS 3

މަޤާމުގެ ގިންތި:

ވަގުތީ/ ކޮންޓްރެކްޓް

ވަޒިފާއަދާ ކުރަންޖެހޭ ތަން:

ކަައުންސިލް ޑިޖިޓަލައިޒޭޝަން ސެކްޝަން - ލޯކަލް ގަވަރމަންޓް އޮތޯރިޓީ

އަސާސީ މުސާރަ: (މަހަކު)

7,035.00ރ

ސަރވިސް އެލަވަންސް:(މަހަކު)

2,000.00ރ

އެހެނިހެން އެލަވަންސް:(މަހަކު)

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

އަސާސީ މުސާރައިގެ %35 (ތިރީސް ފަސް އިންސައްތަ)

ލިވިންގ އެލަވަންސް:

4,000.00ރ 

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ އަސާސީ ޝަރުތު:

 

1)  މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5، 6، 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

2)   މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން މަޢުލޫމާތު:

  •  މަޤާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާތައް:

- ސޮފްޓްވެއަރ ޑިވެލޮޕްކުރުން

- ސޮފްޓްވެއަރ އިންޖިނިއަރިންގ

- އިންފޮމޭޝަން ޓެކްނޮލޮޖީ

- ކޮމްޕިއުޓަރ ސައިންސް

  • ތަޢުލީމީ ރޮނގުތައް:

ސޮފްޓްވެއަރ ޑިވެލޮޕްކުރުން

- ސޮފްޓްވެއަރ އިންޖިނިއަރިންގ

- އިންފޮމޭޝަން ޓެކްނޮލޮޖީ

- ކޮމްޕިއުޓަރ ސައިންސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްތަކުގެ މަސައްކަތްތަކަށް ބޭނުންވާ ސޮފްޓްވެއަރ އަދި އެޕްލިކޭޝަންތައް ފަރުމާކޮށް ކޯޑުކުރުން
  2. އީ-ކައުންސިލް މޮޑިއުލްތައް ހިންގާ ބެލެހެއްޓުމާއި، ބަގުފިލުވުމާއި، ދިމާވާ މައްސަލަތައް ހައްލުކުރުން
  3. އީ-ސަރވިސަސް އަދި އޮންލައިން ޕްލެޓްފޯމްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލްތަކަށް ދިނުން
  4. ކައުންސިލްތަކުގެ ވެބްސައިޓްތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތަކަށް ހައްލު ހޯދައި ދިނުން

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީ

5. ލިބިފައިވާ ކުރު މުއްދަތު ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

6. ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

ނޯޓް:

  • ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ވަޒިފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓް ލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.
  • ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މަޢުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  • މަޤާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި ސޮފްޓްވެއަރ ޑިވެލޮޕްމެންޓް ދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތެއްގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 އޭޮޕްރީލް 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ވަޒިފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައްމި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އަދި އީ-މެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މިއޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
  • ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، މައުލޫމާތު ސައްޙަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3013100 ފޯނަށް ގުޅުއްވުން އެދެމެވެ.
 

 

19 އޭޕްރިލް 2022
ހޯދާ