މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މަސްވެރިކަމާއި އަދި މަސްވެރިކަމާ ގުޅުންހުރި ދާއިރާތަކުން ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ކ. ވިލިނގިލީގައި މިމިނިސްޓްރީގެ ފަރާތުން ޤާއިމުކޮށްފައިވާ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ތަމްރީނު ދޭ މަރުކަޒު" ގައި އަމިއްލަގޮތުން މަސްވެރިކަމާއި އަދި މަސްވެރިކަމާ ގުޅުންހުރި ދާއިރާތަކުން ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތްތަކުން މިމިނިސްޓްރީން ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތިން ޕްރޮޕޯޒަލް ފުރިހަމަކުރުމަށްފަހު 15 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހެޅުމާ ގުޅޭ މަޢުލޫމާތު ކަރުދާސް މި މިނިސްޓްރީގެ ރިސެޕްޝަނުން (ހ. ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާސް ދޫކުރުމަށް ހަމަޖެހިފައިވަނީ މިމިނިސްޓްރީގައި ނަންނޯޓް ކުރުމަށްފަހުގައެވެ. ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ހަމައެކަނި މިމިނިސްޓްރީގައި ނަންނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިމިނިސްޓްރީގެ ނަންބަރު 3339213 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

08 ސެޕްޓެންބަރު 2014
ހޯދާ