ދިވެހިރާއްޖެ
އިޢުލާން
ޑްރައިވިންގ ޓްރެކް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ޢަމަލީ އިމްތިޙާން ހެދުމަށް ބޭނުންވާ ޑްރައިވިންގ ޓްރެކް ތައްޔާރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 19 އެޕްރީލް 2022 ވާ އަންގާރަ ދުވަހުން ފެށިގެން 25 އެޕްރީލް 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު ފަހު 12:00 އަށް މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 9991475 ފޯނަށް ގުޅުއްވައި ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް ދޫކުރެވޭނީ ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 މެއި 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ.
މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، 25 އެޕްރީލް 2022 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ރަމަޟާން 1443
19 އެޕްރީލް 2022