ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ދެއްވަދޫ ފުޓްސަލް ދަނޑުގެ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މި އިޢުލާންވަނީ 24 އޭޕްރިލް 2022 09:03 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

ގއ.ދެއްވަދޫ ފުޓްސަލް ދަނޑުގެ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 

ގއ.ދެއްވަދޫ ފުޓްސަލް ދަނޑުގެ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 17 އެޕްރީލް 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 21 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު ފަހު 12:00 އަށް މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 9991475 ފޯނަށް ގުޅުއްވައި ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް ދޫކުރެވޭނީ ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ.

މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، 21 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        16  ރަމަޟާން  1443 

                        17  އެޕްރީލް   2022         

17 އޭޕްރިލް 2022
ހޯދާ