ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުޅަނދުފަހަރުގެ ދަފުތަރު އަދާހަމަކުރުން

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ށ) ގެ (5) ގައިވާ ގޮތުގެމަތިން މި ރަށުގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ އަހަރީ ފީ މި ކައުންސިލަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތީ، މި ދެންނެވި ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ (22) އިން ބާރުލިބިގެން މި ކައުންސިލުން ބަލަހައްޓަމުންދާ އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ ދަފުތަރު އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި މަތީގައި ދެންނެވިފައިވާ އުޅަނދުތަކާބެހޭ ތިރީގައި މިދަންނަވާ ލިޔުންތައް 2022 އެޕްރީލް 25 ވާ ހޯމަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން [email protected] އަށް އީމެއިލް ނުވަތަ 9969798 އަށް ވައިބަރ ކުރެއްވުމަށް ދަންނަމެވެ.

  • އުޅަނދުގެ ރަޖިސްޓަރީ ކޮޕީ
  • އުޅަނދުގެ ވެރިފަރާތަކީ:
    • އަމިއްލަ ފަރުދެއް ނަމަ އައިޑީ ކާޑު ކޮޕީ
    • ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓަރީ ކޮޕީ

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 އޭޕްރިލް 2022
ހޯދާ