ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލެ ހިޔާ ފްލެޓްގައި ދިރިއުޅޭ ކަސްޓަމަރުންގެ ކުނި އުކާލުމުގެ ޚިދުމަތަށް ބިލްކުރަން ފެށުމާއި ގުޅޭ

ނަންބަރ: WAMCO-BDM/IUL/2022/048

ޢިއުލާން

ހުޅުމާލެ ހިޔާ ފްލެޓްގައި ދިރިއުޅޭ ކަސްޓަމަރުންގެ ކުނި އުކާލުމުގެ ޚިދުމަތަށް ބިލްކުރަން ފެށުމާއި ގުޅޭ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ ފަރުދުންގެ އެޕާރޓްމަންޓްތަކުގައި އުފެދޭ ދުވަހު ކުނި އުކާލުމުގެ ޙިދުމަތަށް ބިލްކުރުމާއި ގުޅޭގޮތުން މިކޯޕަރޭޝަނުން ނެރެފައިވާ ޢިއުލާން ނަންބަރ WAMCO-BDM/IUL/2022/010 އާއި ހަވާލާދީ ދަންނަވަމެވެ.

ހުޅުމާލެ ހިޔާ ފްލެޓްގައި ގިނަ އަދަދެއްގެ އާއިލާތަކުން މިހާރު އާބާދުވެފައިވުމާއި ގުޅިގެން މިކޯޕަރޭޝަނުން ދުވަހު ކުނި އުކާލުމުގެ ޚިދުމަތްތައް އެސަރަހައްދަށް މެދުނުކެނޑި ދަނީ ފޯރުކޮށްދެމުންނެވެ. ވީމާ، 2022، 1 މެއި އިން ފެށިގެން ވެމްކޯގެ ޚިދުމަތަށް ބިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހިޔާ ފްލެޓްތަކަށް މިކޯޕަރޭޝަނުން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތަކީ މަހަކު 150.00ރ ގެ ރޭޓުން ބިލްކުރެވޭނެ ޚިދުމަތެކެވެ. ވެމްކޯގެ ބިލް އަދި އެކައުންޓްގެ ތަފްސީލް ރަޖިސްޓަރ ކުރެވިފައިވާ ފްލެޓްގެ ވެރިފަރާތުގެ ފޯނަށް އެސް.އެމް.އެސްގެ ޒަރިއްޔާއިން ފޮނުވެނޭ ވާހަކަ ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ދެވަނަ ފިޔަވަހީގެ ގޭބީސީތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތަކީ ދުވަހު ކުންޏަށް ހާއްސަ ހިދުމަތެކެވެ. އަދި މިނޫން ބަރު އަދި ބޮޑެތި ކުނި އުކާލުމަށް މިކޯޕަރޭޝަންގެ 'ކޯލް އެންޑް ޕިކަޕް' ކެޕްސް ޙިދުމަތަށް އެދިލެއްވުމަށް އިލްތިމާސްކުރަމެވެ. ކެޕްސް ޚިދުމަތަށް ބުކިންގ އެއް ހައްދާލުމަށް ނުވަތަ ހިޔާ ފްލެޓްގެ ބިލާއި ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށް ވެމްކޯގެ ހޮޓްލައިން – 1666 އަށް ހުޅުވިފައި ހުންނަ ވަގުތުތަކުގައި ގުޅުއްވުމަށް ދަންނަވަމެވެ.

 

18 އޭޕްރިލް 2022

17  رَمَضَان 1443

18 އޭޕްރިލް 2022
ހޯދާ