މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސ. ހިތަދޫގައި ޤާއިމުކުރާ ކޮމިނިއުޓީ ފެސިލިޓޭޝަން ސެންޓަރުގެ އިމާރާތުގައި ކުރުމަށްހަމަޖެހިފައިވާ މަރާމާތުގެ މަސައްކަތްތައް

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ހިންގަމުންދާ ސަބާ ޕްރޮޖެކްޓުގެ ދަށުން ސ. ހިތަދޫގައި ޤާއިމުކުރާ ކޮމިނިއުޓީ ފެސިލިޓޭޝަން ސެންޓަރުގެ ޢިމާރާތުގައި ކުރުމަށްހަމަޖެހިފައިވާ މަރާމާތުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2014 ވާ ހޯމަދުވަހުގެ 14:00 އަށް މ.ބޭންފް ވިލާގެ ދެވަނަ ފަންގިފިލާއަށް ނުވަތަ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މ.ބޭންފް ވިލާ، ސަބާ މޯލްޑިވްސްއަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 22 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00 ގައި މ.ބޭންފް ވިލާ، ސަބާ މޯލްޑިވްސް، ދެވަނަ ފަންގިފިލާގައި ހުންނަ ކޮންފަރަންސް ހޯލުގައެވެ. 14:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި އަދި "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" ފޯމު މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

13 ޛުލްޤަޢިދާ 1435

08 ސެޕްޓެންބަރު 2014
ހޯދާ