ށ. ނޫމަރާ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ މަޤާމަށް މީހަކު ހޯދުމަށް

   ނޫމަރާ ސްކޫލް

   ނޫމަރާ ދިވެހިރާއްޖެ                                                      ނަންބަރު: GS102/IUL/2022/08

 

އިޢުލާނު  

 

މަޤާމް:                         ރިލީފް ޓީޗަރ ( 2022/2021 ގެ އެކަޑަމިކް އަހަރުގެ ނިޔަލަށް )

ބޭނުންވާ އަދަދު:                   01

ވަޒީފާއޮތް އޮފީސް:                 ށ.ނޫމަރާ ސްކޫލް

ގިންތި:                         ވަގުތީ ( ކޮންޓްރެކްޓް )

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :       އެކަޑަމިކް ސެކްޝަން ، ނޫމަރާ ސްކޫލް / ށ.ނޫމަރާ

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

  1. ދަރިވަރުންނަށް އުނގަންނައި ދިނުމުގެ އެންމެހައި ޙަރަކާތްތައް ރާވާ ހިންގުން.
  2. ޓައިމްޓޭބަލް އާއި އެއްގޮތަށް ކިޔަވައިދިނުން.
  3. ސްކޫލްގެ ވަސީލަތްތައް އެންމެ ފައިދާ ހުރިގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތި ކުރުމަށް މަސައްކަތް ކުރުން.
  4. މުޖްތަމައާއި ސްކޫލާއި އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއް ކަމަށް ހެދުން.

 

ތަޢުލީމީ ފެންވަރު

މަހެއްގެ މައްޗަށް އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު

ދުވާލަކަށް ދެވޭނެ އުޖޫރައިގެ މިންވަރު

1 ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު

ސާނަވީ ތަޢުލީމު ފުރިހަމަކުރުން

6000.00 ރ.

272.23ރ

45.46ރ

މަތީ ސާނަވީ ފުރިހަމަކުރުން

7000.00ރ

318.18ރ

53.03ރ

ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް4 ގެ ސަނަދެއް ހާސިލްކޮށްފައިވުން

8590.00ރ

390.45ރ

65.08ރ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކުރުން ކަމަށްވާނަމަ

9570.00ރ

435.00ރ

72.50ރ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެސަނަދެއް ހާސިލްކުރުން ކަމަށްވާނަމަ

10940.00ރ

497.27ރ

82.88ރ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެސަނަދެއް ހާސިލްކުރުން ކަމަށްވާނަމަ

12410.00ރ

564.09ރ

94.02ރ

ޝަރުތު:                                 

 

 

  • ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  • ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  • ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.   

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540583 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

 

 

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  • ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ސިވިލްސާރވިސްއަށް ވަނުމަށް ދެވޭ އިމްތިހާނުގެ ނަތީޖާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަވިއުއަށް ބަލައިގެން.

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތަނުގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށައެޅުމުންނެވެ.

                            

އިންޓަރވިއު ކުރުން

 

  • ·         މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ކުރެވޭ އިންޓަވިއު 2022 އޭޕްރީލް 25 އާއި 27 އާއި ދެމެދުގައި މި ސްކޫލްގައި އޮންނާނެވާހަކަ ދެންނެވީމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

ހ- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމް ށ.ނޫމަރާ ސްކޫލްގެ ރަސްމީ ގަޑި ކަމަށްވާ ހެނދުނު 09:00 ން މެންދުރުފަހު 13:00 ދެމެދު ސްކޫލުންނާއި ސިވިލް ސަރވިސް ގެ ސައިޓު ) އިން ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ނުވަތަ އަސްލާ އެއްގޮތްކަމަށް ތައްގަޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ށ. ނޫމަރާ ސްކޫލަށް އެޑްރެސްކޮށެވެ.

-         ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2022 އޭޕްރީލް 24 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން.

 

 

 

 

 

-          

ނޯޓް:

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި

ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުންށ. ނޫމަރާ ސްކޫލްގެ ނަންބަރު 6540583 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

                  

                     ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.

                            17 ރަމަޟާން 1443

                            18 އޭޕްރީލް 2022

 

 

 

 

 

 

18 އޭޕްރިލް 2022
ހޯދާ