ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޓްރައިބިއުނަލް އޮފިސަރ

މަޤާމު: ޓްރައިބިއުނަލް އޮފިސަރ

އަދަދު: 01

މުއްދަތު: 1 އަހަރު

މުސާރަ: -/6295

ސަރވިސް އެލަވަންސް: -/2000

ނޮން-ޕްރެކްޓިސް އެލަވަންސް: މުސާރައިގެ %45

މަޤާމުގެ މަސްއޫލިއްޔަތު: ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ރިކޯޑު ބެލެހެއްޓުމާއި، މައްސަލަތައް ހަލުވިކަމާއި، ފުރިހަމަކަމާއެކު ބަލައި ނިންމުމަށްޓަކައި ކުރަންޖެހޭ އެންމެހައި އިދާރީ ކަންތައްތައް ކުރުން. އަދި ޓްރައިބިއުނަލްގެ މަސައްކަތްތަކާ ގުޅިގެން ދޭންޖެހޭ އިދާރީ ސަޕޯޓް ދިނުން.

ފެންވަރު ނުވަތަ ޝަރުޠު:  

1. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ފާސްލިބިފައިވުން، ނުވަތަ

2. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 5 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. އެޑްވާންސް ސެޓުފިކެޓު އިން ޝަރީޢާ ހާސިލުކޮށްފައިވުން.

 

      ކޮންޓްރެކްޓުގެ މުއްދަތުގައި ޚިދުމަތުގެ ފެންވަރަށް ބަލައި، ޓްރައިބިއުނަލަށް ފެންނަނަމަ ވަޒީފާ ދާއިމީ ކުރެވިދާނެއެވެ.

      މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.  

      ވީމާ މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2014 ވާ ބުދަ  ދުވަހުގެ މެންދުރުފަހު13.30ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ، އައި.ޑީ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު) އަދި މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސެޓުފިކެޓު ލެވެލްއިން ފެށިގެން މަތީގެ ސެޓުފިކެޓުތައް ހުންނަންވާނީ އެކްރެޑިޓް ކުރެވިފައެވެ. މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ގުޅާނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.   

09 ޛުލްޤަޢިދާ 1435  

04 ސެޕްޓެންބަރު 2014
ހޯދާ