މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ( ކުނިކޮށްޓެއް ) ޤާއިމުކުރުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މާއުނގޫދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ( ކުނިކޮށްޓެއް ) ޤާއިމުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި ކުރެވުނު ނަންބަރު: 282/2014/20 (14/07/2014) އިޢުލާނު ފުރިހަމަނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އެމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ބީލަމާބެހޭ ލިޔުންތައް (ބީލަންފޮތް) 09 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުން ފެށިގެން މާއުނގޫދޫ ކައުންސިލުގެ އިދާރާއިން ރަސްމީގަޑީގައި ލިބެން ހުންނާނެއެވެ.

ބީލަން ފޯމު ފުރިހަމަ ކުރުމަށްފަހު ސިޓީއުރައެއްގައި ބަންދުކޮށް 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން މާއުނގޫދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. ބީލަން ކެނޑުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައެވެ.

ބީލަމާބެހޭ ހުރިހާ ލިޔެކިޔުންތައް ފުރިހަމަ ނުކުރާނަމަ ނުވަތަ އިވެލުއޭޝަނުން ފާސްނުވާނަމަ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ. ބިޑް އިވެލުއޭޝަން ކްރައިޓީރިއާ އާއި އިތުރު މަޢުލޫމާތު ބީލަން ފޮތުގައި ހިމަނާފައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6540056 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

07 ސެޕްޓެންބަރު 2014
ހޯދާ