މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނ.މާފަރު ފުޓްބޯޅަ ދަނޑުގެ  ވަށާ ފެންސް ޖެހުމަށާއި، ގޯލް ފެންސް ޖެހުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މި ކައުންސިލުން އަރުވަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މި އިޢުލާނާއި އެއްގޮތައް ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝަޢުގުވެރިވާ ފަރާތްތަކުން، މި ކައުންސިލްގައި ރަޖިސްޓްރީ ކުރަންވާނެއެވެ. މިކަމަށް ޙާއްޞަ ކުރެވިފައިވާ "ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު، އީމެއިލްގެ ޒަރީޢާއިން ނުވަތަ މާފަރު ކައުންސިލަށް ހުށަހެޅުމުން، ރަޖިސްޓްރީ ކުރުމުގެ މަރުޙަލާ ފުރިހަމަވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން، އެސް.އެމް.އީ އަދި ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާނީ، ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން، 21 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓާރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

ޕްރީ ބިޑް ބައްދަލުވުން

މިމަސައްކަތާއި ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 އޭޕްރީލް 21 ބުރާސްފަތި ދުވަހު 13:30 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ.

ބިޑް ސެކިއުރިޓީ

މި އިޢުލާނާއި ގުޅިގެން، ބިޑް ހުށަހަޅުއްވާ ފަރާތްތަކުން، ބިޑް ސެކިއުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

ބީލަން ވެލިޑީޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ، ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި، ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަމްބަރު ލިޔެފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.

 

 

ބީލަން ހުށަހަޅާނީ، 27 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 13:00 އަށް މާފަރު ކައުންސިލްގެ އިދާރާއަށެވެ. ގަޑިޖެހުމަށްފަހު، ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ކެނޑުމަށް ހަމަޖެހިފައިވަނީ،27 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 13:05 ގައި، މިކަމަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ބީލަންވެރިން، ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި މި އިދާރާގެ މީޓިން ރޫމުގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ތިރީގައިވާ އީ މެއިލް އަށް މެއިލް ކުރެއްވުން ނުވަތަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

އީމެއިލް: [email protected]

ފޯނު ނަމްބަރު: 6560005

 

ނޯޓް:

މަޢުލޫމާތު ފުރިހަމަ ނޫން ބިޑުތައް ބާޠިލްކުރުމުގެ ފުރިހަމަ އިޚްތިޔާރު މާފަރު ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސެސްގެ ކޮންމެ ވަގުތެއްގައިވެސް އެ ބިޑެއް ބާޠިލް ކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

 

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

 

ތަފްޞީލް

 

ފޯމިއުލާރ

 

 

 

 

 

އަގު

 

 

 

 

 

~75%

v     ޚިދުމަތުގެ އަގަށްދޭ މާކްސް

v     މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުވޭޝަނުން ފާސްވާ ފަރާތްތަކުން އެންމެ ކުޑަ އަގަކީ، ބެންޗްމާކް އެއްކަމުގައި ބަލައިގެން، ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

 

 

 

(Benchmark Price / Submitted Price ) x Allocated Percentage

 

މުއްދަތު

 

 

15%

v     މި ބައިގައި މާކްސް ދެވޭނީ، އެންމެ ކުޑަ މުއްދަތު ހުށަހަޅާ ތަރުތީބުންނެވެ.

(Submitted Delivery Period / Benchmark Delivery Period ) x Allocated Percentage

 

 

 

 

 

 

 

 

ތަޖުރިބާ

 

 

 

 

 

 

 

 

10%

v     ފާއިތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާއަށް ކޮށްދީފައިވާ މިފަދަ ޕްރޮޖެކްޓްތައް ނިންމި ކަމުގެ ލިޔުމަށް ބަލައި، މި ބީލަމުގައިވާ މަސައްކަތާއި ގުޅުންހުރި، ކޮންމެ ޕްރޮޖެކްޓަރަށް 1 ޕޮއިންޓް 2 ލިޔުން ނުވަތަ އެއަށްވުރެ އިތުރަށް ލިޔުން ހުށަހަޅާ ފަރާތްތަކަށް މި ބަޔަށް ފުލްކޮށް ޕޮއިންޓް ދެވޭނެއެވެ.

v     ޖޫރިމަނާވެފައިވާ ނުވަތަ ޕްރޮޖެކްޓް ނިންމުމުގައި ފަރުވާކުޑަ ކޮށްފައިވާ ލިޔުންތަކާއި، އަމިއްލަ ފަރާތްތަކަށް ކޮށްދީފައިވާ މަސައްކަތުގެ ލިޔުންތަކަށް ޕޮއިންޓެއް ނުދެވޭނެއެވެ.

 

 

 

 

 

(Submitted years of Experience / Benchmark years ) x Allocated Percentage

17 އޭޕްރިލް 2022
ހޯދާ