ދިވެހިރާއްޖެ
ކޮޅުމަޑުލު ބައު އަތޮޅުގޭގެ 2 ކޮޓަރީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެލައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް، މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ބޭނުންވާ ފޯމާއި، ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިއިދާރާގެ ކައުންޓަރުންވެސް ފޯމާއި މަޢުލޫމާތު ކަރުދާސް ލިބެން ހުންނާނެއެވެ.
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް |
އަންދާސީހިސާބު ހުށަހެޅުމަށް |
19 އޭޕްރީލް 2022 ( އަންގާރަ ) ދުވަހުގެ 10:30 ގެ ކުރިން |
27 އޭޕްރީލް 2022 ( ބުދަ ) ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މިއިދާރާގެ ނަންބަރު 6780700 އަދި 9966030 ނަމްބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ. މިމަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށްޓަކައި އަލުން އިޢުލާން ކުރެވުނީ، މިއިދާރާގެ ނަންބަރު (IUL)239-PS/239/2022/27 ( 28 ސެޕްޓެންބަރ 2021 ) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީއެވެ.
13 ރަމަޟާން 1443
14 އޭޕްރީލް 2022