ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

ރަށުގައި ޤާއިމްކުރެވެމުންދާ ފެނާއި ނަރުދަމާގެ ހިދުމަތުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ އަލަށް އާބާދުވާ ސަރަހައްދުގެ ހުޅަނގުންވާ ދުނބުރިގަސްމަގުގައި ފެހިކުލައިން ނަންބަރުޖެހިފައިވާ ރުއްގަހުގެ ވެރިން ހޯދަންބޭނުންވެއެވެ. ވީމާ، ރުއް ނުވަތަ ގަހުގައި ޖެހިފައިވާ ނަންބަރާއި ވެރިފަރާތް އެނގޭނޭހެން 21 އޭޕްރީލް 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުންއެދެމެވެ. މިމުއްދަތައްފަހުގައި ވެރިފަރާތް އެނގިފައިނުވާ ރުއްގަހަކީ ބަންޑާރާ ރުއްގަސްކަމުގައި ބަލައި މިތަކެއްޗާއިމެދު އަމަލުކުރެވޭނޭކަމުގައި ދަންނަވަމެވެ. މިއިޢުލާނާއިއެކު ރުއްގަހުގެ ލިސްޓް އާއްމުކުރެވިފައިވާނޭކަމުގައި ދެންނެވީމެވެ.                                 

               މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

17 އޭޕްރިލް 2022
ހޯދާ