ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްޑޯ ޖިމް ހެދުން

ނަންބަރު: (IUL)403-A/403/2022/63

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ލ.މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ މިއިދާރާއިންކުރި ނަންބަރު:(IUL)403-A/403/2022/47 (27 މާރޗް 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑަށް ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ. މި ޕްރޮޖެކްޓާއިގުޅޭ ބީލަން ޑޮކިއުމަންޓްތައް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ތަފްޞީލް

ދުވަސް

ގަޑި

ތަން

ބީލަމުގައި ރަޖިސްޓްރީވުން

17 އޭޕްރީލް 2022 އިން

20 އޭޕްރީލް 2022 އަށް

9:30 އިން 11:45  އާއި ދެމެދު

ލ.މާމެންދޫ ކައުންސިލް އިދާރާ

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

21 އޭޕްރީލް 2022 (ބުރާސްފަތި)

11:00 ގައި

ލ.މާމެންދޫ ކައުންސިލް އިދާރާ

ބީލަން ހުށަހެޅުން

27 އޭޕްރީލް 2022 (ބުދަ)

11:00 ގައި

ލ.މާމެންދޫ ކައުންސިލް އިދާރާ

 

މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 އޭޕްރީލް 20 ވަނަ ދުވަހުގެ 12:00 ގެ ކުރިން  ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.   

ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށް ދީފައިވައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލް ކުރެވިދާނެއެވެ.           ބީލަން ފޮތް، 24 އޭޕްރީލް 2022 ވާ އާދިއްތަ ދުވަހުން ފެށިގެން 26 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 12:00  އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 ރުފިޔާ އެވެ.

* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ

* އީމެއިލް: [email protected]  

* ފޯން: 6800705

              ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

              16 ރަމަޟާން 1443ހ

              17 އޭޕްރީލް 2022މ

17 އޭޕްރިލް 2022
ހޯދާ