ދިވެހިރާއްޖެ
އިޢުލާން
ތ. ކަނޑޫދޫ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމުމާބެހޭ
މިރަށު އައުޓްޑޯ ޖިމްގެ ނުނިމިހުރި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)387/387/2022/14 (24 މާރިޗު 2022)ގެ އިއުލާނާގުޅިގެން ބިޑު ޑޮކިއުމަންޓް ބައްލަވައިގެންނެވި އެއްވެސްފަރާތަކުން ބިޑު ހުށަހަޅުއްވާފައިނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 18 އޭޕްރީލް 2022 ވަނަދުވަހުގެ 9:30 އިންފެށިގެން 24 އޭޕްރީލް 2022 ވަނަދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 09 މެއި 2022 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ، އަދި ސައިޓު ބެލުން 24 އޭޕްރީލް 2022 ވަނަދުވަހު 12:45 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/50 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
16 ރަމަޟާން 1443
17 އޭޕްރީލް 2022