ދިވެހިރާއްޖެ
ކ.މަނިޔަފުށްޓަށް ހެޗަރީ އަދި ނާސަރީ ޓޭންކް ގަނެ ޑެލިވަރީކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
1. ދިވެހި ސަރުކާރުން ވާރލްޑް ބޭންކްގެ އެހީގައި ހިންގަމުންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން، ކ.މަނިޔަފުށްޓަށް ހެޗަރީ އަދި ނާސަރީ ޓޭންކް ގަނެ ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
2. ވީމާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭނުމަށް ކ.މަނިޔަފުށްޓަށް ހެޗަރީ އަދި ނާސަރީ ޓޭންކް ގަނެ ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު އިއުލާން (IUL)30-PMU1/30/2022/116. އާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް އަލުން ބިޑް ހުށަހެޅުމަށް ހުޅުވާލަމެވެ.
3. މި ޕްރޮޖެކްޓްގެ ޕްރޮކިއުމެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓެޓިވް ޕްރޮކިއުމެންޓް އުސޫލުގެ މަތިން، ވާރލްޑް ބޭންކުގެ ރިކުއެސްޓް ފޯ ބިޑްސް (ވަން އެންވެލޮޕް) މެދުވެރިކޮށް "ޕްރޮކިއުމެންޓް ރެގިއުލޭޝަން ފޮރ އައި.އީ.އެފް.ބޮރޯވަރސް" ޖުލައި 2016 ގައި ޝާއިރުކޮށް ނޮވެމްބަރ 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކޮށްފައިވާ (ޕްރޮކިއުމެންޓް ރެގިއުލޭޝަން) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
4. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމަށް އެދެމެވެ.
5. ބިޑް ހުށަހަޅުއްވަންވާނީ 26 އޭޕްރީލް 2022 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބިޑް ހުޅުވަން ހަމަޖެހިފައިވަނީ 26 އޭޕްރީލް 2022 ވަނަ ދުވަހުގެ 11:00 ގައި ހާޒިރުވެ ތިއްބެވި ބޭފުޅުންގެ ހާޒިރުގައި ތިރީގައިވާ އެޑްރެހުގައެވެ.
6.މިމަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 30,000.00 (ތިރީސް ހާސް) ދިވެހި ރުފިޔާ ނުވަތަ ޔޫ.އެސް.ޑޮލަރު 2000.00 (ދެހާސް) ހުށަހަޅަން ޖެހޭނެއެވެ.
7. ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ ތިރީގައިވާ އެޑްރެހުގައެވެ.
ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް
ހ.ވައިޓްވޭވްސް
މޫންލައިޓް ހިނގުން
ފޯން: 3322328