ދިވެހިރާއްޖެ
އިޢުލާން
އުޅަނދު ފަހަރުގެ ދަފުތަރު އަދާހަމަ ކުރުން:
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ށ) ގެ (5) ގައިވާ ގޮތުގެމަތިން މި ރަށުގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ އަހަރީ ފީ މި ކައުންސިލަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތީ، މި ދެންނެވި ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ (22) އިން ބާރުލިބިގެން މި ކައުންސިލުން ބަލަހައްޓަމުންދާ އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ ދަފުތަރު އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި މަތީގައި ދެންނެވިފައިވާ އުޅަނދުތަކާބެހޭ ތިރީގައި މިދަންނަވާ ލިޔުންތައް 21 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން [email protected] އަށް އީމެއިލް ނުވަތަ 7959849 އަށް ވައިބަރ ކުރެއްވުމަށް ދަންނަމެވެ.
- އުޅަނދުގެ ރަޖިސްޓަރީ ކޮޕީ
- އުޅަނދުގެ ވެރިފަރާތަކީ:
- އަމިއްލަ ފަރުދެއް ނަމަ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ކޮޕީ
- ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓަރީ ކޮޕީ
- ސަރުކާރުގެ އިދާރާއެއް ނަމަ އިދާރާގެ ނަންބަރު
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.