ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ރިސޯސް މުވައްޒަފުން

ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި އިދާރީ މަސައްކަތްކުރާނެ ރިސޯސް މުވައްޒަފުން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:   2

ޝަރުޠު:  

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އުޖޫރަ:  މަހަކު -/6000

މަސައްކަތްކުރަންޖެހޭ ވަގުތު:  ދުވާލަކު 8 ގަޑިއިރު

ބާވަތް:  ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހަށް

ވީމާ، މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ތަޢުލީމީ ސެޓުފިކެޓުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު ސިޓީ ފޮނުއްވުން އެދެމެވެ. މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

08 ޛުލްޤަޢިދާ 1435

03 ސެޕްޓެންބަރު 2014
ހޯދާ