ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ހޯރަފުށީ ކައުންސިލްގެ ލޯގޯ އާއި ދިދަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ހއ.ހޯރަފުށީ ކައުންސިލްގެ ލޯގޯ އާއި ދިދަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ :         

                ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ ރަސްމީ ލޯގޯ އާއި ދިދަ ފަރުމާކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

އެހެންކަމުން މި ކައުންސިލްގެ ލޯގޯ އާއި ދިދަ ފަރުމާކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2022 މެއި 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި މި ދަންނަވާ 

ކަންކަމަށް ވިސްނަވައިގެން ލޯގޯއާއި ދިދަ ފަރުމާކޮށް ދެއްވުމަށްފަހު ލޯގޯއާއި ދިދައިގެ ސޮފްޓްކޮޕީ ފޮނުއްވާނީ މި އިދާރާގެ [email protected] މެއިލްއަށެވެ. އަދި 

ހުށަހަޅާ ލޯގޯއާއި ދިދައިގެ ތެރެއިން މި ކައުންސިލްގައި ބޭނުންކުރުމަށް ހޮވޭ ލޯގޯ އާއި ދިދަ ހުށަހެޅުއްވި ފަރާތަކަށް -/5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

 ސިއްކަ ފަރުމާކޮށް ހުށަހެޅުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް :

 

ހ. ހުށަހަޅާ ޑިޒައިން ވާން ޖެހޭނީ އޮރިޖިނަލް ޑިޒައިންއަކަށެވެ. ލޯގޯ އެއްގެ ކޮޕީއަކަށް ނުވަތަ ލޯގޯއިން ބައެއްގެ ކޮޕީއެއް ހިމަނައިގެން ނުވާނެއެވެ.

ށ. މީގެކުރިން އެހެން ފަރާތަކަށް ކޮށްދީފައިވާ ޑިޒައިނެއް ނުވަތަ އެހެން ފަރާތަކަށް ހުށަހަޅާފައި ޑިޒައިނެއް ހުށަހަޅައިގެން ނުވާނެއެވެ.

ނ. ހުށަހަޅާ ލޯގޯއާއި ދިދައިގެ ސޮފްޓް ފައިލް ވާންޖެހޭނީ ވެކްޓަރ ފައިލްއަކަށެވެ. އެޑިޓްކުރެވޭނެ އަސްލު ފައިލް ހުށަހަޅަންޖެހޭނެއެވެ.

ރ. ހުށަހަޅާ ލޯގޯ އާއި ދިދައިގައި ބޭނުންކުރާ އެންމެހާ އާރޓްވޯރކްތަކަކާއި ކޮންސެޕްޓްތައް ވާން ޖެހޭނީ ހުށަހަޅާފަރާތުގެ 100% އަމިއްލަ އުފެއްދުމަކަށެވެ.

ބ. ހުށަހަޅާ ލޯގޯއިން ހޯރަފުށި ރަމްޒުކޮށްދޭންވާނެއެވެ. ހޯރަފުށްޓަށް ޚާއްޞަ ކަމެއް، ކަންތައްތަކެއް، ރަށުގެ ސަގާފަތް، ރަށުގެ ދިރިއުޅުން، ރަށުގެ ތާރީޚް ނުވަތަ ރަށުގެ މުޖްތަމަޢު ތަޞައްވުރުކޮށްދެންވާނެއެވެ.

ޅ. ހުށަހަޅާ ލޯގޯއާއި ދިދަ ރެސޮލިއުޝަން 300dpi ނުވަތަ އެއަށްވުރެ މަތިވަންވާނެއެވެ.

ކ. ލޯގޯ ރީސައިޒްކޮށް ކުޑަކުރުމުން ނުވަތަ ބޮޑުކުރުމުން ލޯގޯގެ އަސްލު ގެއްލިގެން ނުވާނެއެވެ.

އ. ހުށަހަޅާ ލޯގޯ ފޮތީގައާއި އެހެނިހެން ތަކެތީގައި ޕްރިންޓްކުރެވޭފަދަ ލޯގޯ ޑިޒައިން އަކަށް ވާންވާނެއެވެ.

ވ. ލޯގޯގެ އޮރިޖިނަލް ކުލަތަކާއިއެކު ކުލަ ވާރޝަންއަކާއި، އަދި ކަޅާއި ހުދުން ބެލެކް އެންޑް ވައިޓް ވަރޝަން ކޮޕީއެއް ހުށަހަޅަންވާނެއެވެ.

މ. ލޯގޯގައި ބޭނުންކުރި ފޮންޓާއި، ފޮންޓްގެ ސައިޒް އެނގޭނެގޮތަށް ހުށަހަޅަންވާނެއެވެ.

ފ. ލޯގޯގައި އަމިއްލަ ފޮންޓެއް ބޭނުންކޮށްފައިވާނަމަ، އެފޮންޓެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި އެފޮންޓް ބޭނުންކުރުމުގެ ހުއްދަ ކައުންސިލަށް ދޭންވާނެއެވެ.

ދ. ލޯގޯގައި ބަހެއް، ލަފްޒެއް ނުވަތަ ނަމެއް ލިޔާނަމަ ލޯގޯގެ 2 ވާރޝަންއެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ. އެއީ ދިވެހި ބަހުން ލިޔެފައިވާ ވާރޝަންއަކާއި އިނގިރޭސި ބަހުން ލިޔެފައިވާ ވާރޝަންއެކެވެ.

ތ. ލޯގޯ އާއި ދިދައިން ރަމްޒުކޮށްދޭ ކަމެއް ނުވަތަ ކަންތައްތަކެއް، ލިޔުމުން ހުށަހަޅާ ތަފްޞީލްކޮށްދެންވާނެއެވެ.

ލ. ލޯގޯ އާއިއެކު ބްރޭންޑިންގ (މޮކަޕް) ހުށަހަޅާ، ލޯގޯ ލެޓަރ ހެޑްގައާއި، ބިޒްނަސް ކާރޑްގައާއި، އީމެއިލް ސިގްނޭޗަރގައާއި، ސެޓްފިކެޓް ތަކުގައިއާއި އަދި ޓީޝާރޓާއި ތޮފި ފަދަ ތަކެތީގައި ބޭނުންކުރުމުން ފެންނަން ހުންނާނޭ ގޮތް ހުށަހަޅަންވާނެއެވެ.

ގ. ޑިޒައިންގެ އަސްލު (ކޮމްޕޮޒިޝަން އާއި ކޮންސެޕްޓް) ނުގެއްލޭނެ ގޮތަށް، ޑިޒައިނަށް މައިނަރ ޗޭންޖެއް ގެނައުމަށް އެއްވަނައަށް ހޮވޭ ޑިޒައިންއެއް ހުށަހަޅާ ފަރާތަށް ކައުންސިލަށް އެދެވިދާނެއެވެ. އަދި މިފަދައިން ގެނެސް ދިނުމަށް އެދޭ ބަދަލެއް ޑިޒައިން ހުށަހެޅި ފަރާތުން އިތުރު އަގަކާއި ނުލާ ގެނެސްދޭން ވާނެއެވެ.

ޏ. ޑިޒައިންގައި ބޭނުންކުރާނެ ކުލަ ކަނޑައަޅާނީ ކައުންސިލުންނެވެ. ޑިޒައިންގެ އަސްލު (ކޮމްޕޮޒިޝަން އާއި ކޮންސެޕްޓް) ނުގެއްލޭނެ ގޮތަށް، ކުލައަށް ބަދަލެއް ގެނައުމަށް އެއްވަނައަށް ހޮވޭ ޑިޒައިން އެއް ހުށަހަޅާ ފަރާތަށް ކައުންސިލަށް އެދެވިދާނެއެވެ. އަދި މިފަދައިން ކުލައަށް ގެނެސް ދިނުމަށް އެދޭ ބަދަލެއް ޑިޒައިން ހުށަހެޅި ފަރާތުން އިތުރު އަގަކާއި ނުލާ ގެނެސް ދެން ވާނެއެވެ.

ސ. މިމުބާރާތުގައި ބައިވެރިވުމަށް ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލްއެވެ. ޕްރޮޕޯސަލްގައި ބޭނުން ޢަދަދަކަށް ޑިޒައިން ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ޑިޒައިން އަކަށްވެސް ވަކިން ސިއްކަ ފަރުމާކޮށް ހުށަހެޅުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކުގެ ވ. ތ. އަދި ލ. ގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

ޑ. ލޯގޯގައި ބޭނުންކުރާނެ ލިޔުންކޮޅަކަށް ވާންވާނީ "ހޯރަފުށި ކައުންސިލް" / “Hoarafushi Council” އެވެ.

ޒ. ލޯގޯގައި ބޭނުންކުރާނީ ހުދު ކުލައިގެ އިތުރުން "ސްޕްރިންގ ގްރީން" ކޯޑް (5CA47A) އަދި "ސްކައި ބްލޫ" ކޯޑް (#0098DA) އެވެ.

ޓ. ޑިޒައިން އިވެލުއޭޓްކުރާނީ މިމަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލުން ކަނޑައަޅާ އެކުލަވާލާފައިވާ  ކޮމިޓީއަކުންނެވެ. ކޮމިޓީގެ އިވެލުއޭޝަން ރެސަލްޓްއާއި ރެކޮމެންޑޭޝަން ފާސްކޮށް ލޯގޯ ފައިނަލް ކުރާނީ ހޯރަފުށި ކައުންސިލް މެމްބަރުންގެ ވޯޓާއިއެކު ކައުންސިލްގެ ޢާއްމު ބައްދަލް ވުމަކުންނެވެ.

ޔ. ޑިޒައިން އިވެލުއޭޓްކުރުމުގައި ފުރަތަމަ ބަލާނީ މަތީގައި ދެންނެވިފައިވާ ޝަރުތުތައް ފުރިހަމަ ވޭތޯއެވެ. މަތީގައި ދެންނެވިފައިވާ ތަކެތި ހަމަކޮށް ހުށަހަޅަންވާނެއެވެ. ދެން ބަލާނީ ޑިޒައިންގެ ޓެކްނިކަލް ކޮލެޓީއަށާއި، ޑިޒައިނުން ތަމްޞީލްކޮށްދީ ރަމްޒުކޮށްދޭ މެސެޖަށާއި، ޑިޒައިންގެ ހިތްގައިމުކަމަށެވެ.

ޕ. އިވެލުއޭޝަން ޓީމަށް ކަމުދާ ޑިޒައިނެއް ނެތި މިމަސައްކަތް ކުރުމުގެ މަޤްޞަދު ޙާޞިލްނުވާނަމަ ހުށަހެޅޭ ޕްރޮޕޯސަލްތައް ބާޠިލްކުރެވޭނެއެވެ.

     ހުށަހަޅަން ޖެހޭ ތަކެތި :

  1.     ތިރީގައިވާ ތަކެތި ހަމައަށް ހުށަހަޅަންވާނެއެވެ.

-

ޑިޒައިން އާއިއެކު ހުށަހަޅަން ޖެހޭނީ މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ތަކެތި.

-

ޑިޒައިން ހުށަހަޅާނީ އަމިއްލަ ފަރުދީ ޙައިސިއްޔަތުންނަމަ ހުށަހަޅާ ފަރާތުގެ އައިޑީ ކާރޑް ގެ ކޮޕީއެއް.

-

ޑިޒައިން ހުށަހަޅަނީ ވިޔަފާރިއެއްގެ ނަމުގައިނަމަ، ރަޖިސްޓްރޭޝަންގެ ކޮޕީ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ އެސް.އެމް.އީ ސެޓްފިކެޓް.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

           13 ރަމަޟާން 1443

           14 އެޕްރީލް 2022

 

14 އޭޕްރިލް 2022
ހޯދާ