ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފިޔޯރީ އިން ދަނޑުވެރިކަމަށް ދަނޑުބިންތައް ދޫކުރުން

ގދ.ފިޔޯރީ އިރުދެކުނުން މިހާރުގެ އެރީނާ ސަރަހައްދުން 5000-10000 އަކަ ފޫޓާއި ދެމެދު ބިންތައް ދަނޑުވެރިކަމަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 މެއި 2022 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މިކަމަށް އެދިހުށަހަޅާ ފޯމް ފުރުއްވުމަށް ފަހު މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަސްމީ ދުވަހެއްގެ 9:00 އިން 13:00 އަށް މިކައުންސިލުގެ އިދާރާއިންނެވެ.

 އަދި މިކަމާގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއް ވާނަމަ މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ޕޮއިންޓް ދިނުމުގެ އުސޫލު

ފިޔޯރީގައި ދިރިއުޅޭނަމަ (ފާއިތުވި 3 އަހަރު ފިޔޯރީގައި މެދުނުކެޑި ދިރިއުޅޭ ފަރާތްތަކަށް 50 މާރކްސް)

50

ވަޒީފާއެއް އަދާ ކުރާ މީހަކު ކަމުގައި ނުވުން

10

ބަލަން ޖެހިފައިވާ 18 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް 2 ޕޮއިންޓް  ( މިބަޔަށް ގިނަވެގެން ދެވޭނީ 10 ޕޮއިންޓް)

10

އަނބިމީހާ ނުވަތަ ފިރިމީހާއަށް ދަނޑެއް ލިބިފައިނުވާނަމަ

20

އިދެ ވަރިކޮށްފައިވާނަމަ ނުވަތަ އަނބި/ފިރި މަރުވެފައިވާނަމަ

10

 

14 އޭޕްރިލް 2022
ހޯދާ