ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ވާހަކަދެއްކުމުގެ 35ވަނަ ޤައުމީ މުބާރާތާ ގުޅޭ

       2022ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި މި އެކެޑަމީން ކަނޑައަޅައިފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 35ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

       މި މުބާރާތުގެ ސާނަވީ ގިންތީގެ ދަރިވަރުންގެ ވާހަކަދެއްކުން އޮންނާނީ  2022 ޖޫން 22އިން 30އަށެވެ. އެހެންކަމުން މި ގިންތީގައި ބައިވެރިވާން އެދޭ ގޫގުލް ފޯމު ފުރިހަމަކުރުމުގެ ސުންގަޑިއަކީ 2022 މޭ 30ވާ އަންގާރަ ދުވަހުގެ 1:00 ކަމުގައި ދަންނަވަމެވެ. އަދި މި ގިންތީގެ ދަރިވަރުންގެ ވާހަކަދެއްކުން ފަށަން 7 ދުވަހަށް ވުމުން މައުޟޫޢުތައް ލިބޭނީ ވާހަކަ ދަންނަވަމެވެ.

      މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mvން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު  7986230ން ލިބޭނެއެވެ.

14 އޭޕްރިލް 2022
ހޯދާ