މަޤާމު:
|
- ފައިނޭންސް މެނޭޖަރ
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މުސާރަ:
|
- އަސާސީ މުސާރަ: -/13,000 ރުފިޔާ
- ޕްރޮފެޝަނަލް އެލަވަންސް: ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް -/135 ރުފިޔާ
- ސަރވިސް އެލަވަންސް: -/3500 ރުފިޔާ
- ފޯން އެލަވަންސް: -/300 ރުފިޔާ
|
ފެންވަރު ނުވަތަ ޝަރުޠު
|
- އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާގައި 05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.
- ވޭތުވެދިޔަ 5 އަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން. ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
|
މަސްއޫލިއްޔަތު:
|
- ކޯޕަރޭޝަނުން ދުވަހުން ދުވަހަށް ކުރެވޭ މާލީ މުޢާމަލާތްތަކުގެ ރެކޯޑުތައް، ކޯޕަރޭޝަންގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން އަދި މާލިއްޔަތު ޤާނޫނުގެ ހަމަތަކާ އެއްގޮތަށް ބެލެހެއްޓުން.
- މަހުން މަހަށް ކޯޕަރޭޝަންގެ އެކައުންޓް ސްޓޭޓްމަންޓްތައް ބޭންކުތަކުން ހޯދައި، ސްޓޭޓްމަންޓްތަކާ އެއްގޮތަށް ކޯޕަރޭޝަންގެ އެކައުންޓުތަކުގެ ހިސާބުތައް ރީކޮންސައިލް ކުރުން.
- ބަޖެޓުން ކުރެވޭ ޚަރަދުތައް ދުވަހުން ދުވަހަށް ބާކީކޮށް، މަހުން މަހަށް ހަދަން ޖެހޭ ރިޕޯޓުތައް ހެދުމާއި، ބޭނުންވެއްޖެ އެހެން ޙާލަތްތަކުގައި ބަޖެޓު ބާކީގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް އެރުވުން.
- މަހުން މަހަށް އަދި ކޮންމެ ތިން މަހުން އެއްމަހު ނިންމަންޖެހޭ މާލީ ރިޕޯޓުތައް ނިންމައި ކަމާބެހޭ ފަރާތްތަކަށް ޙިއްޞާކުރުން.
- ކޯޕަރޭޝަނުން ތައްޔާރުކުރެވޭ އެހެނިހެން ރިޕޯޓުތަކަށް ފައިސާއާ ބެހޭގޮތުން ބޭނުންވާ މަޢުލޫމާތު ބޭނުންވެއްޖެ ޙާލަތްތަކުގައި، އެކަށޭނެ ވަގުތުގައި ޙިއްޞާކުރުން.
- ކޯޕަރޭޝަނުން ކުރާ ޙައްޖު ޢުމްރާ ދަތުރުތަކުގެ ހިސާބުތައް ވަކިން އެނގޭނެ ފަދަ ގޮތަކަށް، ޙައްޖު ނުވަތަ ޢުމްރާ ދަތުރު ނިމޭތާ 02 ހަފުތާގެ ތެރޭގައި ތައްޔާރުކޮށް، ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓަށް ހުށަހެޅުން.
- ކޯޕަރޭޝަނުންގެ ފަރާތުން އިންވެސްޓް ކުރެވިދާނެ ދާއިރާތަކަކީ ކޮބައިތޯ ބަލައި އެކަމަށް ބޭނުންވާ ޕްރޮޕޯޒަލް ތައްޔާރުކޮށް އަދި އިންވެސްޓްމަންޓް އެސެސްމަންޓް ތައްޔާރުކޮށް ބޯޑަށް ހުށަހެޅުން.
- މަހުން މަހަށް ނިންމަންޖެހޭ މާލީ ހިސާބުތައް ނިންމައި ރިޕޯޓު ތައްޔާރުކޮށް ޙިއްޞާކުރަންޖެހޭ ފަރާތްތަކާއި ޙިއްޞާކުރުން
|
މަސައްކަތު ވަގުތު:
|
- މި ކޯޕަރޭޝަންގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރަން ޖެހިއްޖެނަމަ ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާ ގޮތަށް.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޤާމަށް އެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
|
ސުންގަޑި:
|
10 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.
|
ނޯޓް:
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.
|
އިތުރު މަޢުލޫމާތު:
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
އަމީނީމަގު، 20379
މާލެ، ދިވެހިރާއްޖެ
|