ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަކުނުދޫ މަސްމާރުކޭޓު ކުއްޔަށް ދޫކުރުން

މަކުނުދޫ މަސްމާރުކޭޓްގެ އިމާރާތް ދިގުމުއްދަތައް ކުއްޔަށް ދޫކޮށްލުމަށް މިކައުންސިލުން 13 ފެބްރުވަރީ 2022 ގައި ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުޚިބެއް ލިބިފައިނުވާތީ އަލުން އިޢުލާން ކޮށްލަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ބޭފުޅުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަދު ހުޅުވާލަމެވެ. މި ބީލަމާ ގުޅޭ މަޢުލޫމާތާއި "މަކުނުދޫ މަސްމާރުކޭޓް ކުއްޔަށް ދިނުމުގެ އުޞޫލް" މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 13 އޭޕްރީލް 2022 ން 21 އޭޕްރީލް 2022 ގެ  09:00 ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 އޭޕްރިލް 2022 ވަނަ ދުވަހުގެކުރިން މި އިޢުލާމުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 21 އޭޕްރީލް 2022 ވަނަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.

މި ބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • ޕްރޮކިއުމަންޓް ޔުނިޓް
  • މަކުނުދޫ ކައުންސިލް އިދާރާ
  • ހދ.މަކުނުދޫ
  • ފޯން:  7789355
  • އީމެއިލް: [email protected]

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

 

13 އޭޕްރިލް 2022
ހޯދާ