ޅ. ހިންނަވަރު ކައުންސިލް އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ޚަރަދުގައި ކައުންސިލްގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން
|
- މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
- އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 21 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
- ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
- ރަޖީސްޓްރީވުމަށްފަހު، މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
- ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު، ބައްދަލުވުން ފެށުމުގެ ކުރިން (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަމްބަރާއި، ގުޅޭނެ ނަމްބަރ) [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
|
ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން
|
- ބިޑް ހުށަހެޅުމަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، ހިންނަވަރު ކައުންސިލަށް ދުރުވެ، ނުވަތަ ފޯނުން ގުޅައިގެން ނަން ނޯޓް ކުރައްވާ، ރަޖިސްޓްރޭޝަން ފީ ދެއްކެވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވުމަށް -/500 (ފަސް ސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑެބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަން ޖެހޭނެއެވެ.
- ރަޖިސްޓްރޭޝަން އަށް ދައްކާ ފައިސާއަކީ، އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.
- އޮންލައިންކޮށް ރެޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ބީލަމުގެ މުއްދަތުގައި ކައުންސިލްގެ އެކައުންޓް ނަމްބަރ: 001 700370 7705 ފައިސާ ޖަމާކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް، [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
- މެއިލް ކުރައްވާއިރު އިޢުލާން ނަމްބަރ، ޕްރޮޖެކްޓް ނަން އަދި ރަޖިސްޓްރީވާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ އާއިއެކު މަޢުލޫމާތު (ވިޔަފާރީގެ ނަން، އީމެއިލް އަދި ގުޅޭނެ ނަންބަރ) އީމެއިލްގައި ހިމެނިފައި ވާންވާނެއެވެ.
- ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 24 އޭޕްރީލް 2022 ވާ އާދިއްތަ ދުވަހު 10:00 ގެ ކުރިން ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާއަށް ދުރުވެ، ނުވަތަ ފޯނުން ގުޅައިގެން ނަން ނޯޓް ކުރުން އެދެމެވެ.
އަދި މި މުއްދަތުގައި ރަޖިސްޓްރޭޝަން ފައިސާ ދައްކައި ނިންމެވުން އެދެމެވެ.
|
ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން
|
- ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 28 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
- ނަންނޯޓު ނުކުރާ ފަރާތްތަކާއި، ނަންނޯޓްކުރިނަމަވެސް، ރަޖިސްޓްރޭޝަން ފައިސާ ނުދައްކާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.
|
އިތުރު މަޢުލޫމާތު:
|
އެކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ޅ. ހިންނަވަރު، ދިވެހިރާއްޖެ،
ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)
އީމެއިލް: [email protected]
|