މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
02 ކޮޓަރީގެ އެޕާޓްމަންޓް ހިމެނޭ ގޯތީގެ ވަށާފާރު ރޭނުމާއި ސިމެންތިޖެހުމުގެ މަސައްކަތް

(IUL)321-A/321/2022/78   :ނަންބަރު                                                    

ބީލަން ހުށަހެޅުމުގެ ދަޢުވަތު

                   ބ.އަތޮޅު ކައުންސިލާއި ބ. އަތޮޅު ކޮންޒަވޭޝަން ފަންޑް ގުޅިގެން ތުޅާދޫގައި ޤާއިމްކޮށްފައިވާ 2 ކޮޓަރީގެ އެޕާޓްމަންޓް ހިމެނޭ ގޯތީގެ ވަށާފާރު ރޭނުމާއި، ދޮރާއި ދޮރުފަތް ހަރުކުރުމާއި، ސިމެންތިޖެހުމާއި، ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކުރި މިއިދާރާގެ ނަންބަރު (IUL)321-A/321/2022/40 (23 ފެބްރުއަރީ 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް  އިޢުލާނާ އެކު ޢާއްމުކޮށްފައިވާ ބީލަން ފޮތުގައިވާ މަޢުލޫމާތުތަކަށް ބަދަލު ގެނައުމަށްފަހު، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

                  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއި އެކު ޢާއްމުކޮށްފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން،2022 އޭޕްރިލް 19 ވާ އަންގާރަ ދުވަހުގެ 12:30 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް، ރަޖިސްޓްރީ ކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.

                   މި މަސައްކަތާގުޅޭ މަޢުލޫމާތުތައް މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބީލަންފޮތުގައި ހިމެނިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު: 6600006 ފޯނާ ގުޅުއްވުން އެދެމެވެ.

                   މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                   12  ރަމަޟާން 1443

13 އޭޕްރިލް 2022
ހޯދާ