ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މާރކެޓިންގ އޮފިސަރ

މަޤާމު:

މާރކެޓިންގ އޮފިސަރ

ބޭނުންވާ އަދަދު:

01

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒު

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ރޭންކް:

އެމް.އެސް. 2

ވަޒީފާއަށް ބޭނުންވާ ތަޢުލީމީ ޢިލްމީ ސިފަތަކާއި ތަޖުރިބާ

  1. މާރކެޓިންގ ނުވަތަ ގްރެފިކްސް ނުވަތަ ކޮމިޔުނިކޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ އޮތުން
  1. ހުރިހާ މީޑިއާ އެއް މެދުވެރިކޮށް (ކުރީގެ، ޑިޖިޓަލް އަދި ސޯޝަލް މީޑިއާ) އިދާރީ މާހައުލެއްގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް ބޭނުންވާ މުޢާމަލާތް ކުރުމުގެ ޢިލްމާއި ތަޖުރިބާ

  1. ޘަޤާފީ، ޑިޖިޓަލް އަދި ސޯޝަލް މީޑިއާ އީޖާދީ ގޮތަކަށް ބޭނުންކޮށްގެން، ވަކި އަމާޒެއް ހޯދުމަށް އީޖާދީ ގޮތަކަށް މީޑީއާ އާއި މާރކެޓިންގ އާއި މުވާސަލާތީ ޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުމުގެ ޤާބިލުކަން ލިބިފައިވާކަން ހާމަކޮށްދީފައިވުން.
  2. ކަނޑައެޅިފައިވާ ބަޖެޓެއްގެ ތެރޭގައި ވަޒަންކުރެވޭ ނަތީޖާއެއް ނެރެވޭ ގޮތަށް މާކެޓިންގ ކެމްޕެއިންތައް ހިންގުމުގެ ޤާބިލުކަން ހާމަކޮށްދީފައިވުން.
  3. ގްރެފިކް ޑިޒައިން އާއި ވެބް ކޮންޓެންޓް މެނޭޖްމަންޓުގައި ބޭނުންކުރާ ސޮފްޓްވެއަރ ތައް ބޭނުންކުރުމުގެ ހުނަރު ލިބިފައިވުން.
  4. ޔުނވަރސިޓީގެ އެތެރެއާއި ބޭރުގެ ގުޅުންހުރި ފަރާތްތަކާ ޕްރޮފެޝަނަލް ގުޅުންތައް އުފައްދައި ދެމެހެއްޓުމުގެ ހުނަރު ހުރުމާއި އަމިއްލައަށް މަސައްކަތް އުފައްދައިގެން ކަންކަން ކުރުމާއި ޓީމެއްގައި ބައިވެރިއެއްގެ ގޮތުން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  5. އޯގަނައިޒޭޝަންއެއްގެ އެތެރެއާއި ބޭރުގެ ގުޅުންހުރި ފަރާތްތަކާ އަނގަބަހުންނާއި ލިޔުމުން މުޢާމަލާތް ކުރުމުގެ ހުނަރު ހުރިކަމުގެ ހެކިތައް ދެއްކުން.

ވަޒީފާގެ މަސްއޫލިއްޔަތުތައް

ޢާންމު މަސައްކަތްތައް

  1. މާކެޓިންގ ޕްލޭންތައް މެނޭޖްކޮށް ތަންފީޒު ކުރުމުގައި މާރކެޓިންގ މެނޭޖަރަށް އެހީތެރިވުމާއި ރޭވުމާ އެއްގޮތަށް ބަޖެޓްގެ ތެރޭގައި ކަނޑައެޅިފައިވާ މުއްދަތުގައި ޕްރޮފެޝަނަލްކޮށް ޕްލޭން ތަންފީޒު ކުރުން.
  2. މާރކެޓިންގ މެނޭޖަރަށް ބޭނުންވާ މާރކެޓް ރިސާރޗް ކުރުމާއި، ރިޕޯޓާއި ބްރީފްތަކާއި އަޕްޑޭޓުތައް އެކުލަވާލުން.
  3. މާކެޓިންގެ ޙަރަކާތްތަކާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމާއި ރިވިޔޫ ކުރުމުގައި މާރކެޓިންގ މެނޭޖަރަށް އެހީތެރިވުން.
  4. މާރކެޓިންގ އާ ގުޅޭ މުވައްޒަފުންނަށް ވާނުވާ އަންގައި އެހީތެރިވުން.
  5. މާރކެޓިންގ އާ ބެހޭ ގޮތުން އެކުލަވާލާފައި ހުންނަ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ތަންފީޒު ކުރުމުގައި އެހީތެރިވުން.
  6. މާކެޓިން މެނޭޖަރު އަންގާއެހެން މާރކެޓިންގ ޙަރަކާތްތަކުގައި ބައިވެރިވުން.
  7. ޔުނިވަރސިޓީ އާ ދޭތެރޭ މީހުން ދެކޭގޮތް ރަނގަޅު ކުރުމަށް، ޕީ.އާރު ފުުރުޞަތުތައް ހޯދުމަށް ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގެ ފަރާތްތަކާ ނެޓްވާރކް ކުރުން.
  8. ޔުނިވަރސިޓީގެ މީޑިއާ ތަކުގައި ބޭނުންކުރާނޭ އިވެންޓުތަކާއި ތަންތަނާއި މީހުންގެ ފޮޓޯއާއި ކުރެހުމާއި ލިޔުމުގެ ލައިބްރަރީއެއް އެކުލަަވާލައި ކެޓެލޮގްކޮށް ބެލެހެއްޓުން.
  9. ޔުނިވަރސިޓީގެ ޕްރޮމޯޝަން އާ ބެހޭ ޖަލްސާތަކާއި ކޮމިޓީތަކާއި ޓާސްކް ފޯސް ތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

މީޑިއާ އާއި ޕަބްލިކް ރިލޭޝަންސް

  1. މީޑިއާ އާއި ޕަަބްލިކް ރިލޭޝަންސްއާ ބެހޭ ރޭވުންތައް، މާރކެޓިންގ މެނޭޖަރާ ގުޅިގެން އެކުލަވާލައި ހިންގުން.
  2. ޔުނިވަރސިޓީ އާމެދު މީހުން ހޭލުންތެރިކުރުމާއި ޔުނިވަރސިޓީއާ މެދު މީހުންގެ ރުހުމާއި މަޤްބޫލުކަން، އިތުރުކޮށް ރާއްޖޭގެ އެންމެ ފުރަހާދަ ތަޢުލީމީ ތަންކަމުގައި ޢާންމުން ދެކޭ ތަނެއްގެ ގޮތުގައި ހެދުން.
  3. މީޑީއާގެ އެކި ފަރާތްތަކާ ގާތް ގުޅުމެއް ޤާއިމުކުރުން.
  4. މީޑިއާ ތައް މޮނިޓަރ ކޮށް، ކޮންމެ ތިން މަހުން، މީޑިއާ ޕްރެސެންސް ރިޕޯޓެއް އެކުލަވާލުން.

މާކެޓިންގ އާއި ކޮމިޔުނިކޭޝަންސް

  1. ޔުނިވަރސިޓީގެ ކޯޕަރޭޓް އައިޑެންޓިޓީ އާ ބެހޭ ހުރިހާ ކަމެއް ބެލެހެއްޓުން.
  2. ޔުނިވަރސިޓީގެ ފިކުރީ މުދަލާ ބެހޭ ކަންކަން، މާރކެޓިންގ އާއި ކޮމިޔުނިކޭޝަންސްގެ ދާއިރާގައި ރައްކާތެރިކުރުން.
  3. ޔުނިވަރސިޓީގެ ވެބްސައިޓްގެ ރޭވުމާއި ރީތިކަން ބެލެހެއްޓުން. އަދި ވެބްސައިޓަކީ ބަލާލަން ފަސޭހަ، ބަލާ ފަރާތްތައް ހިތްހަމަޖެހޭ، ބޭނުންތެރި އެއްޗަކަށް ހެދުން.
  4. ހުރިހާ މުވައްޒަފުން ވެސް، ވެބްސައިޓާއި ޝާއިޢުކުރުމާ ބެހޭ ޕޮލިސީތަކަށް ޙުރުމަތްތެރިކޮށް ހިތާކަން ކަށަވަރު ކުރުން.
  5. ޔުނިވަރސިޓީގެ އެހެން ފަރާތްތަކާ ގުޅިގެން، މާކެޓިންގ ކެމްޕެއިން ތައް ތަންފީޒުކުރުމުގައި ސޯޝަލް މީޑިއާ މެނޭޖްކޮށް ބެލެހެއްޓުން.
  6. ޔުނިވަރސިޓީއާ މެދު ޕޮޒިޓިވް ޚިޔާލު ގެންގުޅޭ 10 ފަރާތެއްގެ އޭލިއަސްތަކެއް އުފައްދައި ކޮންމެ ދުވަހަކު މި ފަރާތްތަކުން ސޯޝަލް މީޑިއާ ގައި ޝާއިޢުކުރުން.
  7. ޔުނިވަރސިޓީގެ ފޭސްބުކް ޕޭޖާއި، ޓްވިޓަރ އެކައުންޓާއި ޔޫޓިއުބް ޗެނަލް ބަލަހައްޓައި އަޕްޑޭޓް ކުރާ އިސްފަރާތުގެ ގޮތުގައި ޙަރަކާތްތެރިވުން.
  8. ޔުނިވަރސިޓީ މާރކެޓް ކުރުމަށް ބޭނުންވާ މާރޗަންޑައިސް އުފައްދައި ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

ޝާއިޢުކުރުން ބެލެހެއްޓުން.

  1. ޔުނިވަރސިޓީގެ މާރކެޓިންގ އާ ބެހޭ ތަކެތި ވަޒަންކޮށް އުފެއްދުން މެނޭޖްކުރުން.
  2. ޔުނިވަރސިޓީގެ ސްޓައިލްގައިޑް އާ އެއްގޮތަށް އެ ފެންވަރަށް މާރކެޓިންގ ތަކެތި ތައްޔާރުކުރުން.
  3. ޔުނިވަރސިޓީގެ ނިއުސްލެޓަރތަކާއި ސްޕެޝަލް އިވެންޓް ލިޔުންތައް އުފެއްދުން މެނޭޖްކޮށް އެތަކެތި ބެހުން.
  4. ޔުނިވަރސިޓީގެ ޢާންމު ލިޔުންތައް ފޮނުވޭ ފަރާތްތަކުގެ ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.

ޚާއްޞަ އިވެންޓްތަައް

  1. މާރކެޓިންގެ ޚާއްޞަ އިވެންޓްތައް ފިކުރުކޮށް، އުފައްދާ އިންތިޒާމް ކުރުން.
  2. ޔުނިވަރސިޓީގެ މާރކެޓިންގ ޑިޕާރޓްމަންޓުގެ އެހެން ފަރާތްތަކާ ގުޅިގެން ސްޕޮންސަރޝިޕް ހޯދުމާއި މިފަދަ އެއްބަސްވުންތައް ތަންފީޒުކުރުން.
  3. ޔުނިވަރސިޓީ މާރކެޓް ކުރުމުގެ މަޤްޞަދު ހިމެނޭ ޙަފްލާތަކާއި ފެއަރ ތަކާއި އޯޕަން ޑޭ ތަކާއި މަޢުރަޟް ފަދަ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރުން.
  4. މި ވަޒީފާ ބަޔާނުގެ މަޤްޞަދަކީ، ވަޒީފާގައި ކުރަންޖެހޭ ކަންތައްތައް ވަކި ޙުދޫދެއްގެ ތެރޭގައި ހިމެނުމެއް ނޫނެވެ. މިއާ ޚިލާފަށް ވަޒީފާގެ މަސްއޫލިއްޔަތުގެ ޚުލާޞާއެއް ބަޔާން ކުރުމެވެ. ބައެއް ފަހަރު، މެނޭޖްމަންޓުން އަންގާ ގޮތެއްގެ މަތިން އެހެން ދާއިރާއެއްގައި އެހެން ކަންކަން ކުރަން ޖެހިދާނެއެވެ.

މަސައްކަތުގެ ފެންވަރު ބެލުން

ޢާންމު މަސައްކަތްތައް

ސޯޝަލް މީޑިއާ ގެ ޗެނަލްތައް ކޮންމެ ދުވަހަކު މަދުވެގެން އެއްޗެނެލެއް އަޕްޑޭޓު ވަމުންދެއެވެ.

ޗެނަލްތަކަށް އަންނަ ބަލުތައް ސުޕަރވައިޒަރަށް ހަފުތާއަކު އެއްފަހު ރިޕޯޓު ކުރެވިފައި ވެއެވެ.

މީޑިއާ އާއި ޕަބްލިކް ރިލޭޝަންސް

އަހަރަކު ހަތަރު ފަހަރު މާރކެޓިންގ ރިޕޯޓެއް ސުޕަރވައިޒަރަށް ދެވިފައި ވެއެވެ.

ކުރެވިފައިވާ މާރކެޓިންގ މަސައްކަތްތަކުގެ ރިކޯޑުތައް ބެލެހެއްޓިފައި ވެއެވެ.

ޔުނިވަރިސިޓީގެ ސްޓައިލް ގައިޑްތަކާ ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް އަހަރަކު އެއްފަހަރު ހިންގިފައި ވެއެވެ.

ސްޓައިލް ގައިޑް އާ ނުގުޅޭ ކަމެއް ކޮންމެ ތިންމަހުން އެއް މަހު ފާހަގަކޮށް އެންގިފައި ވެއެވެ.

މީޑީއާ އެކު ގުޅުންތައް ޤާއިމުކޮށް ދެމެހެއްޓިފައި ވެއެވެ.

މާކެޓިންގ އާއި ކޮމިޔުނިކޭޝަންސް

ޔުނިވަރސިޓީގެ ކޮންމެވެސް ޕޮޒިޓިވް ޚަބަރެއް ކޮންމެ ފޮއެ ދުވަހަކު މީޑިއާއިން ގެނެސްދީފައި ވެއެވެ.

އިޝްތިހާރު ކުރުމާބެހޭ ކުރިއަށް އޮތް ހަމަސް ދުވަހުގެ ޕްރޮގުރާމެއް އެކުލަވާލާފައި ވެއެވެ.

އެޑްވަރޓައިޒިންގ ކޮޕީތައް ރަނގަޅު ފެންވަރުގައި ހެދި މަޝްވަރާ ކުރެވިފައި ވެއެވެ.

ތަނަށް ބޭނުންވާ ތަކެތި، ޑިމާންޑާ އެއްވަރަށް ސްޓޮކް ކުރެވިފައި ވެއެވެ.

ސްޕަރވައިޒަރާއެކު އާދަކޮށް މީޓިންގ ތައް ބޭއްވިފައި ވެއެވެ.

ޝާއިޢުކުރުން ބެލެހެއްޓުން.

ޔުނިވަރސިޓީ ދުވެލި އާއި އެހެން ޢާންމު ތަކެތި ރަނގަޅު ފެންވަރަށް އުފައްދައި ރެގިއުލަރކޮށް ބަހާފައި ވެއެވެ.

ޚާއްޞަ އިވެންޓްތަައް

ޚާއްޞަ އިވެންޓުތަކުގައި ޢަމަލީ ގޮތުން ބައިވެރިވެފައި ވެއެެވެ.

ޚާއްޞަ އިވެންޓުތަކާއި އާދަޔާ ޚިލާފު ހާލަތްތަކުގައި ފުރިހަމަ އެހީތެރިކަން ލިބިފައި ވެއެވެ.

ވަޒީފާއާ ބެހޭ އެއްބަސްވުމުގެ މައިގަނޑު ޝަރުޠުތައް

ޕްރޮބޭޝަން މުއްދަތު: ޕްރޮބޭޝަން މުއްދަތުގެ ގޮތުގައި އެއްބަސް ވުމުގައި ސޮއިކުރެވޭ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތު ހިމެނެއެވެ. މި މުއްދަތު ހަމަވުމުން، ދާއިމީ ކުރާނަމަ، ޔުނިވަރސިޓީ އިން ވަޒީފާދެއްވާ ޗިޓަކުން އަންގާނެއެވެ.

މަސައްކަތް ކުރަންޖެހޭ ވަގުތު: މި ވަޒީފާގައި ޢާންމުކޮށް މަސައްކަތް ކުރަން ޖެހޭނީ ހެނދުނު 8:00 އިން ފެށިގެން 3:00 ވަންދެން ކޮންމެ ހަފުތާއަކު 5 ދުވަހު ޖުމްލަ 35 ގަޑިއިރުއެވެ. މެންދުރު ކެއުމަށާއި ނަމާދުކުރުމަށް 1 ގަޑިއިރުގެ ހުސް ވަގުތު ދެވޭނެއެވެ. އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭ ޙާލަތްތަކުގައި ވަޒީފާއާ ބެހޭ ޤާނޫނުގައިވާ ގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އުޖޫރަ: މި މަޤާމުގެ މުސާރައަކީ މަހަކު -/6,295 ރުފިޔާއެވެ. މީގެ އިތުރަށް -/2,000 ރުފިޔާ ގެ ސާރވިސް އެލަވަންސް އަކާއި %20 ގެ ޔުނިވަރސިޓީ އެލަވަންސް އެއް ދެވޭނެއެވެ. މިއީ މުޅިއެކު މަހަކު ޖުމްލަ -/9,954 ރުފިޔާއެވެ. މި އުޖޫރައިގެ ތެރެއިން ޤާނޫނުތަކުން އިތުރުވާ ނުވަތަ ކަނޑަންޖެހޭ ބައެއް ކަނޑާނެއެވެ. ޔުނިވަރސިޓީ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން، އުޖޫރައަށް ބަދަލު ގެނެސްފާނެއެވެ. އުޖޫރައިގެ ފައިސާ ލެވޭނީ ބޭންކު އެކައުންޓަކަށެވެ.

އަހަރީ ޗުއްޓީ: ޤާނުނުގައިވާ ގޮތުގެ މަތިން އަހަރީ ޗުއްޓީގެ ގޮތުގައި 30 ދުވަސް ދެވޭނެއެވެ. ވަޒީފާއިން ވަކިކުރުމުން ނުވަތަ ވަކިވުމުން، ބާކީއޮތް އަހަރީ ޗުއްޓީއަށް ފައިސާދެވޭނީ ކަލަންޑަރު އަހަރުން ޗުއްޓީގެ ބާކީއެއް އޮތްނަމަ އެ ނިސްބަތަކުންނެވެ. މި ފައިސާ ދެވޭނީ ނޯޓިސް ދޭންޖެހޭ މުއްދަތުގައި ނޯޓިސް ދީފައިވާ ނަމައެވެ.

އާއިލީ ނުވަތަ ބަލިވެގެން ސަލާން ބުނުން. މުސާރަ ލިބޭގޮތަށް މަސައްކަތް ނުކުރާ ދުވަސް ޗުއްޓީ ކުރެވޭނީ އެއިރަކު ޔުނިވަރސިޓީއިން ޢަމަލަކުރާ އުޞޫލެއްގެ މަތިންނެވެ. މި އުޞޫލުތައް ދަސްކޮށް އެއަށް ފަރިތަވެގަތުމަކީ މުވައްޒަފުގެ ޒިންމާއެކެވެ.

ވަޒީފާއިން ވަކިކުރުން: މުވައްޒަފުން ވަކިކުރަންޖެހޭ ފަދަ ޙާލަތެއް މެދުވެރިނުވުމަކީ ޔުނިވަރސިޓީގެ އުއްމީދެވެ. ނަމަވެސް، ބައެއް ހާލަތްތަކުގައި މުވައްޒަފުން ވަކިކުރަންޖެހެއެވެ. މިފަދަ ޙާލަތްތަކުގައި ޢަމަލުކުރާނީ ޔުނިވަރސިޓީއިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް، ޤުދްރަތީ އަދާލަތުގެ ފުރުޞަތު ދިނުމަށްފަހުއެވެ.

ނޯޓިސް މުއްދަތު: ޔުނިވަރސިޓީއިން ވަކިވާން ބޭނުންވާ ފަރާތްތަކުން އަންނިވި ނޯޓިސް މުއްދަތު ދެވޭނެއެވެ.

ޕްރޮބޭޝަން މުއްދަތުގައި: 1 ހަފުތާ

ދާއިމީ މުވައްޒަފުން: 1 މަސް

މެނެޖްމަންޓް ނުވަތަ އެކެޑެމިކް މުވައްޒަފުން: 2 މަސް

މަޤާމަށް އަންނަ ބަދަލެއްގެ ސަބަބުން މުވައްޒަފަކު ވަކިކުރަން ޔުނިވަރސިޓީއަށް ޖެހިއްޖެނަމަ، 3 މަސްދުވަހުގެ ނޯޓިސް ދޭނެއެވެ. ނުވަތަ 3 މަސް ދުވަހުގެ މުސާރާއާއި ސާރވިސް އަދި ޔުނިވަރސިޓީ އެލަވަންސް ދޭނެއެވެ. ޚިޔާނާތް ވުމާއި ވަޒީފާގައި އިތުރަށް ބެހެއްޓުމުން ޔުނިވަރސިޓީއަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނިއްޖެނަމަ، ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފު، ވަޒީފާއިން ވަކިކުރެވޭނެއެވެ.

ހެދުން އެޅުން: ޔުނިވަރސިޓީގެ މުވައްޒަފުން ހެދުން އަޅަންވާނީ ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށެވެ.

ސިއްރު ހިފެހެއްޓުން: ވަޒީފާގައި އުޅުމުގެ ސަބަބުން، ޔުނިވަރސިޓީ އިން ލިބިފައިވާ ސިއްރު މަޢުލޫމާތުތައް، ވަޒީފާގައި އުޅޭ އިރު އާއި ވަޒީފާއިން ވަކިވުމުން ވެސް ސިއްރު ކުރަން ވާނެއެވެ.

އެއްބަސްވުމަށް އުނިއިތުރު ގެނައުން: ވަޒީފާގެ މައިގަނޑު އުޞޫލުތަކަށް ކައުންސިލުން ނުވަތަ ކައުންސިލުން އުފައްދާފައިވާ ކޮމިޓީއަކަށް ބަދަލު ގެނެވިދާނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަވިއު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

15 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

 

08 ސެޕްޓެންބަރު 2014
ހޯދާ