މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޭޝިއަރ

ނަމްބަރ : 06/AFC/HR/2022

 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ކޭޝިއަރ

ބޭނުންވާ ޢަދަދު

 01 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެފް.ޕީ.އެލް.ޑީ/ ފުވައްމުލައް އައިސް ޕްލާންޓް / ޏ. ފުވައްމުލައް

ޖުމްލަ މުސާރަ:

10201.00  ރުފިޔާ

އިތުރު ޢިނާޔަތްތައް:

 

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. 

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރުން މަސައްކަތްކުރަން އެނގޭ، ޞިއްޙަތު ރަނގަޅު ފަރާތެއްކަމުގައިވުމާއިއެކު މުވައްޒަފުން ގޮވައިގެން ގިނަ ވަގުތު މަސައްކަތްކުރެވޭނެ ހީވާގި ފަރާތެއް ކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  •   އައިސް ޕްލާންޓަށް ޙިދުމަތް ހޯދަން އަންނަ ކަސްޓަމަރުންނަށް އެހީތެރިވުމާއި ކަސްޓަމަރުންނާއި ޑީލްކުރުމުގައި ރީތިއުސޫލުތައް ގެންގުޅުން.
  • ކުންފުނިން ކަޑައަޅާފައިވާ ފައިސާ ގެންގުޅުމާއި ބެލެހެއްޓުމުގެ އުސޫލުތަކާއި އެއްގޮތައް އައިސްޕްލާންޓުގެ ފައިސާގެ ކަންތައްތައް ބަލެހެއްޓުން.
  •  ޑެއިލީ އަދި މަންތްލީކޮށް ތައްޔާރުކުރަން ޖެހޭ ރިޕޯރޓްތައް ތައްޔާރުކޮށް ރިޕޯރޓް ކުރަންޖެހޭ ފަރާތްތަކަށް ލަސްނުކޮށް ރިޕޯޓްކުރުން.
  •  އައިސްޕްލާންޓަށް ބޭނުންވާ ތެލާއި، މެޓީރިއަލްސް އަދި އޭގެ ސްޓޮކް ބަލަހައްޓައި ބޭނުންވާ މެޓީރިއަސްތަކާއި ތެލަށް، އައިސްޕްލާންޓް ހިންގުމާއި ހަވާލުވެހުންނެވި ވެރިއެއްގެ ލަފާގެ މަތިން ލަސްނުކޮށް އޯޑަރކުރުން.
  • އައިސް، އަދި ކުންފުނިން އައިސްޕްލާންޓްގައި ވިއްކާ އެހެނިހެން ޕްރޮޓަކްޓްސް ތަކުގެ ސްޓޮކް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • އައިސް ޕްލާންޓްގެ ޑެއިލީ ސޭލްސް، ފިއުލް ކޮންސަންޕްޝަން އަދި ސްޓޮކް ބެލެންސް އެންމެ ލަސްވެގެން ޖެހިގެން އަންނަދުވަހުގެ ހެދުނު 8:30 ގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  •  އެކިކަންކަމުގައި ފޮނުވަންޖެހޭ އީމެއިލްތަކާއި، ރޭޑިއޯ މެސެޖް އަދި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށް ފައިލް ކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
  • ކުންފުނިން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް މެނޭޖުމެންޓުން އަންގައިފިނަމަ އެކަމެއްގައި ބައިވެރިވާން ވާނެެއެވެ.
  •  ތަނުގެ ހިންގުމާއި ހަވާލުވެހުންނެވި ވެރިއަކު އަންގާގޮތެއްގެ މަތީން މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ ފުވައްމުލައް އައިސް ޕްލާންޓްގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީސް ރިސެޕްޝަން އަށް ނުވަތަ
    • އީމެއިލް ކުރައްވާނީ  [email protected]
    •             [email protected]
    • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ20  އޭޕްރިލް 2022 ވަނަ ދުވަހުގެ މެންދުރު 14:30 އެވެ.
    • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ސިޓީތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ފުވައްމުލައް އައިސް ޕްލާންޓް ، ޏ.ފުވައްމުލަކު ގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3023388 ފޯނަށް ގުޅުއްވުން އެދެމެވެ.

13 އޭޕްރިލް 2022
ހޯދާ