އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

މި އިޢުލާންވަނީ 08 ސެޕްޓެންބަރު 2014 14:04 ގައި ބާތިލް ކުރެވިފައެވެ.


މުވައްޒަފުން ބޭނުންވާ މަޤާމްތައް 

 

މަޤާމު:                    ކޮމްޕިއުޓަރ ޓެކްނީޝަން

ކްލެސިފިކޭޝަން:             ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:                     އެމް.އެސް 1

މަސައްކަތް ހަމަޖެހިފައިވާ ތަން:   އަމީނިއްޔާ ސްކޫލް  

ބޭނުންވާ ޢަދަދު:                 01

މުސާރަ:                  5610/-ރ.

ސަރވިސް އެލަވަންސް:         2000/-ރ.

 

                                              ޝަރުތު: 

  1. މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ

 

  1. މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ސްކޫލުގެ އެންމެހާ ކޮމްޕިއުޓަރ އަދި ޕްރިންޓަރ ތަކަށް ދިމާވާ މައްސަލަތައް ދުވަހުންދުވަހަށް ރަގަޅުކޮށް  

   ބެލެހެއްޓުމާއި އަމިއްލައަށް ރަނގަޅު ނުކުރެވޭ ކޮމްޕިއުޓަރ އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން

   ރަގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ދުވަހުންދުވަހަށް ކުރުން.  

2. ސްކޫލުގެ އިންޓަރނެޓާއި ނެޓްވޯކަށް ދިމާވާ މައްސަލަތައް ދުވަހުންދުވަހަށް ރަގަޅުކުރުން.

3. ސްކޫލުގެ ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓް ކޮށް ބެލެހެއްޓުން.

4. ސްކޫލުގެ ސާރވާ ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އެޅުން.

5. ސްކޫލުގެ އިންޓަރނެޓް ސެކުރިޓީ ބެލެހެއްޓުން.

6. ގަވަރމަންޓް އީލެޓަރމެނޭޖްމަންޓް ސިސްޓަމްގައި ސްކޫލުންކުރަން ޖެހޭ އެންމެހާ ކަންކަން  

   އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން ދުވަހުން ދުވަހަށް ކުރުން.

7. އޮފީހުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ

   ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެންމެހާ ކަންކަން އޮފީހުން އަންގާ ވަގުތަކަށް ކޮށް ނިންމުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ހުނަރާއި ފެންވަރާއި،ގާބިލް ކަމާއި ސިފަތައް.

 

ހުށައަޅަންޖެހޭ ތަކެތި:       - ވަޒީފާއަށް އެދޭ ފޯމް

-          އެކްރެޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ

-          މުއްދަތު ހަމަނުވާއައި.ޑީ ކާޑްގެ ސާފު ފޮޓޯކޮޕީ

-          ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރަށްވާ އޮފީހުގެ ލިޔުމެއް

-          ވަޒީފާ އަދާކުރައްވާފައިވާނަމަ ވަޒީފާއަދާކުރެއްވި މުއްދަތު އެނގޭގޮތަށް ވަޒީފާ އަދާކުރެއްވި އޮފީހުގެ ލިޔުމެއް

-          ސިވިލް ސަރވިސްގެ ވަޒީފާއަދާކުރައްވާ މިވައްޒަފުން،އެމުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޟިރީ އަދި މަސައްކަތުގެ އަޚްލާގު ހުރިގޮތް ބަޔާންކޮށް،ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޟިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާގް ހުރިގޮތް ބަޔާން ކުރާ ފޯމް"

 

ސުންގަޑި:                    މަޤާމުތަކަށް އެދިލައްވާ ޝަރުތުފުރިހަމަވާ ފަރާތްތަކުން  16 ސެޕްޓެމްބަރ 2014 ވާ އަންގާރަ ދުވަހުގެ14.00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއި އެއްކޮށް އަމީނިއްޔާ ސްކޫލަށް ހުށައެޅުއްވުން އެދެމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް:          ފޯން:  3008736 

   ފެކްސް: 3313726

-          ވަޒީފާއަށް އެދޭ ފޯމް އަމީނިއްޔާ ސްކޫލުން ލިބެންހުންނާނެއެވެ.

       ނޯޓް: މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ އަމީނިއްޔާ ސްކޫލްގައެވެ.

                        13 ޛުލްޤައިދާ    1435

                             08 ސެޕްޓެމްބަރ  2014 

-           

 

                                                                    

 

08 ސެޕްޓެންބަރު 2014
ހޯދާ