ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގްޒަމިނަރުން ހޯދުން.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަރމިނަރެއް މި އިދާރާއަށް ހޯދުމަށް ބޭނުންވެއްޖެއެވެ.
ބޭނުންވާ ޢަދަދު: 01 (އެކެއް)
ޝަރުތު:
- ލ. އިސްދޫ ކައުންސިލް އިދާރާގެ މުވައްޒަފެއްކަމުގައި ނުވުން
- ލިޔަންކިޔަން އެގުން
- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް C1, B2, B1, A1, A0, C2 ކެޓަގަރީތައް ދުއްވުމުގެ ހުއްދައޮތް މީހަކު ކަމުގައިވުން
- ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިނުވުން (03 މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް)
- ފަސް އަހަރު ދުވަސްވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން
- ޑްރައިވިންގ ސްކޫލެއްގެ ހިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން
އެގުޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ދުއްވާކޮންމެ ހަތަރު ފުރޮޅާއި، ތިން ފުރޮޅުލީ އުޅަނދަކަށް -/25ރ (ފަންސަވީސް) ރުފިޔާ އަދި ދެފުރޮޅުލީ އުޅަނދަކަށް -/15ރ (ފަނަރަ) ރުފިޔާގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 21 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
13 އޭޕްރިލް 2022
ހޯދާ