ދިވެހިރާއްޖެ
އިޢުލާން
އއ.ހިމަންދޫގެ ލޭންޑްޔޫސް ޕްލޭން ރިވިއު ކުރުމަށް ހުޅުވާލި ފުރުޝަތުގައި ބިޑް ކުރި ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބު ކުރި ފަރާތާއި އެހެނިހެން ފަރާތުގެ މަޢުލޫމާތު އާއްމު ކުރުމާއި ގުޅޭ
|
މި އިދާރާގެ ނަންބަރު (IUL)346/346/2022/05 ( 08 ފެބްރުއަރީ 2022 ) އއ.ހިމަންދޫ ލޭންޑް ޔޫސް ޕްލޭން ރިވައިޒް ކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ 3 ފަރާތްތަކުންނެވެ. ތިރީގައި ދެންނެވިފައިވާ ފަރާތާއި ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މި ކައުންސިލްގެ ބިޑް ކޮމިޓީގެ 20 މާރޗް 2022 ގައި ބޭއްވުނު ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،
ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.
މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 7 (ހަތެއް) ދުވަހުގެ ތެރޭގައެވެ.
ބީލަން ހަވާލު ކުރުމަށް ނިންމާފައިވާ ފަރާތް :
ކުންފުނީގެ ނަން |
ރިޔާން ޕްރައިވެޓް ލިމިޓެޑް |
ހުށަހަޅާފައިވާ އަގު |
106000ރ ( އެއްލައްކަ ހަހާސް ރުފިޔާ ) |
މަސައްކަތުގެ މުއްދަތު |
40 ދުވަސް |
ލިބުނު ޕޮއިންޓް |
100% |
ބީލަން ހުށަހަޅާފައިވާ އެހެނިހެން ފަރާތްތައް :
ކުންފުނީގެ ނަން |
ހަމްބިޒް |
ހުށަހަޅާފައިވާ އަގު |
236629.81ރ ( ދެލައްކަ ތިރީސް ހަހާސް ހަސަތޭކަ އޮނަތިރީސް ރުފިޔާ އަށްޑިހަ އެއް ލާރި ) |
މަސައްކަތުގެ މުއްދަތު |
60 ދުވަސް |
ލިބުނު ޕޮއިންޓް |
52.50 % |
ކުންފުނީގެ ނަން |
އެސިސް ކޮންސަލްޓިންގ ޕްރައިވެޓް ލިމިޓެޑް |
ހުށަހަޅާފައިވާ އަގު |
116000ރ ( އެއްލައްކަ ސޯޅަހާސް ރުފިޔާ ) |
މަސައްކަތު މުއްދަތު |
46 ދުވަސް |
ލިބުނު ޕޮއިންޓް |
91.80 % |
ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 20 އޭޕްރީލް 2022 ވަނަ ދުވަހުގެ 14:00 އެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، ހުށަހަޅަންވާނެއެވެ.
އީމެއިލް: [email protected]
ފޯން ނަންބަރު: 6660061
މިހެންވެ. މިކަންއާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.