ދިވެހިރާއްޖެ
މަޤާމު: ލެބޯޓްރީ އެސިސްޓެންޓް
ބޭނުންވާ އަދަދު: 01
މަސައްކަތް ކުރަންޖެހޭ އޮފީސް: ޅ. އަތޮޅު ތަޢުލީމީ މަރުކަޒު
ރަށް: ޅ. ހިންނަވަރު
މަޤާމުގެ ބާވަތް: ދާއިމީ
ސެކްޝަން: އެކަޑަމިކް
މަޤާމު |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ލެބޯޓްރީ އެސިސްޓެންޓް |
GS3 |
އޮފިސަރ ގްރޭޑް 1 |
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖަމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ - ސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން |
-/4465 |
-/1500 |
ވަޒީފާގައި މައިގަނޑު ގޮތެއްގައި ކުރައްވަންޖެހޭ މަސައްކަތްތައް:
- ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނަށް ލެބޯޓްރީ ބޭނުންކުރުމަށްޓަކައި، ލެބޯޓްރީ ތައްޔާރު ކުރުމާއި ޕްރެކްޓިކަލް ހެދުމަށްޓަކައި ޓީޗަރުންނާއި ދަރިވަރުންނަށް އެހީތެރިވެދިނުމާއި ރިކޯޑު ބެލެހެއްޓުން.
- ކްލާސްތަކުގައި ޕްރެކްޓިކަލް ހަދަން ބޭނުންވާ ޓީޗަރުންނަށް ޕްރެކްޓިކަލް އަށް ބޭނުންވާ ތަކެތި ތައްޔާރުކޮށް އެތަކެތީގެ ރިކޯޑު ބެލެހެއްޓުން.
- ލެބޯޓްރީގެ އިންވެންޓްރީ ނަގައި ބެލެހެއްޓުން.
- ލެބޯޓްރީއަށް ހޯދަން ބޭނުންވާ ކެމިކަލް އާއި ބޭނުންކުރާ އިކުއިޕްމަންޓު، މާއްދާ ކިޔަވާދެއްވާ ޓީޗަރުންގެ ލަފާގެމަތިން ބަޖެޓް ސެކްޝަނާ ގުޅިގެން ހޯދުން.
- ލެބޯޓްރީގެ ހުންނަ ކެމިކަލްތަކާއި އެހެނިހެން ސާމާނުތައް ރައްކާތެރިކޮށް ބެލެހެއްޓުން.
- ކުލާސް ނެގުމަށް ބޭނުންވާ ކެމިކަލްސްއާއި އެހެނިހެން ތަކެތިން ދަރިވަރުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވެވޭނޭގޮތަށް ސަލާމަތީ ކަންތައްތައް ވަގުތުން ހައްލު ކުރެވޭނެހެން ބެހެއްޓުން.
- އެދުވަހެއްގެ އެފިލާވަޅަކަށް ބޭނުންވާ ތަކެތި ފިޔަވައި އެހެން އެއްވެސް އެއްޗެއް ކުދިންނަށް ނެގޭނެހެން ނުބެހެއްޓުން.
- ބޭނުންކުރުމަށް ސްޓޮކުންނެގޭ ތަކެއްޗާއި ލެބަށް ހޯދޭ ތަކެތީގެ ރެކޯޑްސް ދުވަހުން ދުވަހަށް ސްޓޮކް ބާކީކުރާ ފޮތުން އެނގެން ހުންނާނެހެން ބެލެހެއްޓުން.
- ލެބް ހުޅުވައި ލެއްޕުމުގައި ފަރުވާތެރިވެ ދޮރުތައް ރަނގަޅަށް ތަންޑުއެޅިފައި ހުރިތޯ ޗެކުކުރުމަށްފަހު ދޮރު ރަނގަޅަށް ތަޅުލައި ކޮންމެދުވަހަކު ނިމިގެން ތަޅުދަނޑި އޮފީހާ ހަވާލުކުރުން.
- ކުރިއަށް އޮތް އަހަރަށް ބޭނުންވާ ތަކެތީގެ ލިސްޓު ޓީޗަރުންގެ ލަފާގެ މަތިން ތައްޔާރުކޮށް ބަޖެޓުން އަންގާ ތާރީޚަކަށް ބަޖެޓަށް ހުށަހެޅުން.
- ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
އެހެނިހެން:
- އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން
އިންޓަވިއު ކުރުން:
- މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 21 ސެޕްޓެންބަރު 2014 އާއި 22 ސެޕްޓެންބރު 2014 އާ ދެމެދު އޮންނާނެއެވެ. އަދި މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު، (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް
- ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތާއި މުއްދަތު އެނގޭ ލިޔުންތައް
- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުއައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެމުއައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުމެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 14 ސެޕްޓެންބަރު 2014 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ.
ނޯޓު:
- ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ވަޑައިގަންނަވާއިރު ގެންނަވަންވާނެއެވެ. މި ލިޔުންތައް އެޕްލިކޭޝަނާއެކު ހުށަހެޅުއްވި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު އަނބުރައި ޙަވާލުކުރެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ސްކޫލުގެ ނަންބަރު: 6620010 އާ ގުޅުއްވުން އެދެމެވެ.
04 ސެޕްޓެންބަރު 2014