ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ުޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރުން
ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރުން
މި ކައުންސިލުން ޤުރުއާން މުބާރާތެއް ބޭއްވުމަށް ކުރި އިއުލާން ނަމްބަރު (IUL)405- A/2021/36 (21 އޮކްޓޫބަރު 2021 ) އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތް 20 އޭޕްރިލް 2022ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.
ވީމާ، މި މުބާރާތުގައި މިހާރު ބައިވެރިވެފައިވާ ފަރާތްތަކުގެ އިތުރުން، އިތުރަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 17އޭޕްރިލް 2022 ވަނަ ދުވަހުގެ 13:00ގެ ކުރިން މި ކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ.
ނޯޓް: ކުރިން ބައިވެރިވެފައިފާ ފަރާތްތަކުން އަލުން ނަން ހުށައަޅަން ނުޖެހޭކަމުގައި ދަންނަވަން، ނަމަވެސް ކިޔެވުމުގެ ގޮފި އިތުރު ކުރުމާއި ބަދަލް ކުރުމުގެ ފުރުސަތު އޮތް ކަމުގައި ދަންނަވަން
13 އޭޕްރިލް 2022
ހޯދާ