ދިވެހިރާއްޖެ
ޅ.އަތޮޅު ތަޢުލީމީ މަރުކަޒަށް ތިރީގައި މިދަންނަވާ މެޝިނަރީ އާއި ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެއެވެ.
210 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ)
01 ޗާޕުމެޝިން
01 ސައުންޑް ސިސްޓަމް
05 ކޮމްޕިއުޓަރ ސިސްޓަމް
ވީމާ، މިތަކެތި ވިއްކެއުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
15 ސެޕްޓެންބަރު 2014 (ހޯމަ) ދުވަހުގެ 11:00 އަށް |
18 ސެޕްޓެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.
11 ޛުލްޤަޢިދާ 1435